ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މީހަކު ޚިޔާނާތްތެރިވެއްޖެކަމަށް ކަނޑައެޅެނީ އެ ޤާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެ މާއްދާގައި ބުނެދީފައި އޮންނަ ގޮތުން ޚިޔާނާތަކީ، އެއްބަސްވުމެއްގެ ދަށުން، ނުވަތަ ޤާނޫނީ އިލްތިޒާމެއްގެ ދަށުން ނުވަތަ ޒިންމާ އުފުލަންޖެހޭ މަސްލަޙަތެއް އޮންނަ ޙާލަތުގައި، އަނެކާގެ މުދަލެއް މީހަކު ލިބިގަންނަނީ ވަކި އަގެއް އަދާކުރުމަށް ނުވަތަ އެ މުދަލުން ވަކި ތަސައްރުފެއް ކުރުމަށް ކަމަށްވެފައި، އޭނާގެ އަމިއްލަ މުދަލެއްގެ ގޮތުގައި …
އިތުރަށް ވިދާޅުވުމަށްޖަލަކީ ބަލައިގަނެވޭނޭ ތަނަކަށް ހެދުން
ޖަލުގައި ގިނަ ދުވަސްތަކެއް ވެއަތުކުރެއްވި، މިހާރުގެ ހޯމް މިނިސްޓަރު ވިދާޅުވަނީ ޖަލަކީ ބަލައިގަނެވޭނޭ ތަނަކަށް ހައްދަވާނެކަމަށެވެ. އެ ވިދާޅުވި ކުރުކުރު ޖުމުލައިގެ މިހާރުގެ އަގަކީ 270,000,000.00ރ. (ދުއިސައްތަ ހަތްދިހަ މިލިއަން) ރުފިޔާއެވެ. ހިނގަމުން މިދާ މިސްރާބުން ހިސާބު ޖަހާނަމަ، އެ ގެންނަވަން އުޅުއްވާ އިސްލާހާއެކު އެ ވިދާޅުވި ޖުމުލައިގެ އަގު ބިލިއަނުން މަތިވާނެއެވެ. މި ދެންނެވި 270,000,000.00ރ. (ދުއިސައްތަ ހަތްދިހަ މިލިއަން) ރުފިޔާއިން އަޅުގަނޑުމެން ހިންގާ ޖަލުގެ ޙާލަތުން ބައެއް …
އިތުރަށް ވިދާޅުވުމަށްޖަލުގެ ޙާލަތަށް ބަދަލެއް ނާދޭ!
މި ސަރުކާރުގެ މަތީފަޑި އުފެދުނީ ޖަލުގެ ތޭރިތަކުގެ އެތެރެއިންނޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާ ހަމައިން ފެށިގެން ގޮސް ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް ހުރިހައި ސިޔާސީ ބޭފުޅުންމެ ޖަލުގެ ގޮޅި ތަޖުރިބާ ކުރެއްވިއެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޖަލުގެ ގޮޅީގައި ހޭދަކުރެއްވީ 9 ދުވަހެވެ. ހާލަތު ދެނެގަންނަން އެއީ ކުރު މުއްދަތެއް ނޫނެވެ. ހޯމް މިނިސްޓަރު ވަނީ 3 އަހަރެއްހައި ދުވަސް ޖަލުގައި ހޭދަކުރައްވާފައެވެ. ޔޫތު މިނިސްޓަރު …
އިތުރަށް ވިދާޅުވުމަށްދައުލަތުން ބަދަލު ހޯދުން!
ދައުލަތަކީ…….އާދެ، ތިޔަ ހީފުޅު ކުރެއްވި އިންތިޒާމަށް އަޅުގަނޑުމެން އެންމެންވެސް ކިޔާ ނަމެކެވެ. އަޅުގަނޑުމެން އެންމެން އެކުގައި އުޅޭން މެދުވެރިވި ނަސީބަށް ނުވަތަ ބަދުނަސީބަށް ރުހެމުން، އެންމެން އެކުގައި އުޅޭނޭ ގޮތާމެދު ވިސްނައި ފިކުރުކޮށް އެކުލަވާލި ފޮތުން އުފެއްދީ ދައުލަތުގެ ސަރުކާރެވެ. ދައުލަތުގެ އިދާރާތަކެވެ. ފަނޑިޔާރުގެތަކެވެ. މިހުރިހައި އިންތިޒާމުތަކަކީވެސް ރައްޔިތުންނަށްޓަކައި ރައްޔިތުން އެކަށައެޅި އިންތިޒާމުތަކެކެވެ. ދައުލަތުގެ އަފްރާދަކާމެދު ދައުލަތުގެ ފަރާތުން ވެވޭ ކޮންމެ ބޭއިންސާފަކަށް ޒިންމާވާނޭ ބަޔަކު ތިބޭނެއެވެ. އަޅުގަނޑުމެންގެ އަސާސީ …
އިތުރަށް ވިދާޅުވުމަށްޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނިންމުން ރަނގަޅު؟
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޢަބްދުﷲ ދީދީ ގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު މައްސަލައެއް އެ ސަރވިސްއިން ތަޙުޤީޤު ކުރަމުން ގެންދާތީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އެ ފަނޑިޔާރު މަޤާމުގެ މަސައްކަތަށް ނުނުކުތުމަށް އަންގަވާފައެވެ. މި ނިންމުމާ ގުޅިގެން އެ ފަނޑިޔާރު ވަނީ އެ ފަނޑިޔާރު މަސައްކަތްކުރައްވާ ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. ‘ފިޔަވަޅު އެޅުން’ މި ޢިބާރާތަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނުގެ …
އިތުރަށް ވިދާޅުވުމަށްއިޖުރާއަތު ގޯސްވުމުގެ ނަތީޖާއަކީ ކޮބާ؟
ޖިނާއީ އިޖުރާއަތަކީ މީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން އެ މައްސަލައެއްގެ ޙުކުމް ތަންފީޛްކޮށް ނިމުމާ ދެމެދު ހިނގާ އެންމެހައި ކަންކަން ހިންގަންޖެހޭނޭކަމަށް ޤާނޫނުގައި ބަޔާންކުރާ އުސޫލެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ މުއްތަހަމުގެ މަސްލަޙަތު ނެގެހެއްޓުމަށްޓަކައި އެކަށައެޅިފައިވާ އުސޫލުތަކާއި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ކަންކަން އިންތިޒާމުކުރެވިފައި އޮންނަންވާނޭ ގޮތުގެ އިރުޝާދުތަކެވެ. މިއިން އިޖުރާއަތަކާ ޚިލާފްވުމުގެ ނަތީޖާއަކީ މުޅި މައްސަލައަށް އެކަމުގެ ސަބަބުން އަސަރުކުރުންތޯ ނުވަތަ …
އިތުރަށް ވިދާޅުވުމަށްވެރިކަމުގެ ނިޒާމާމެދު ސިޔާސީންގެ ވިސްނުމަށް އައި ބަދަލު
ވެރިކަމުގެ ނިޒާމެއް އެކަށައެޅުމުގެ ބަހުސް ފެށި، އެއީ ޢާންމު ރައްޔިތުން ގޮތް ނިންމަންޖެހޭ ކަމެއްކަމުގައި ކަނޑައެޅުނީ 7 މެއި 2006 ދުވަހު ބޭއްވުނު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާއިން ނިންމި ނިންމުމާ ގުޅިގެންނެވެ. ޤާނޫނުއަސާސީ އިސްލާޙްކުރުމަށް އެކުލަވާލެވުނު ޚާއްސަ މަޖިލީހުގެ ވަރަށް ގިނަ ވަގުތު ބަހުސްކުރީ ޤާނޫނުއަސާސީ ބިނާކުރާނީ ކޮން ނިޒާމެއްގެ މައްޗަށްކަމާމެދުގައެވެ. އެ މައްސަލައިގެ ބަހުސް ފެށުނީ ރައްޔިތުންގެ މަޖިލީހުގެ 83 ވަނަ ޖަލްސާގައެވެ. ގޮތެއް ނިންމުމަށްޓަކައި ވޯޓަށް …
އިތުރަށް ވިދާޅުވުމަށްއިންތިޚާބީ މަޤާމުތަކާއި ރައީސް މުޙައްމަދު ނަޝީދު
ދިވެހިރާއްޖޭގެ ފަހުގެ ސިޔާސީ ތާރީޚުގެ ގިނަ ސަފްހާތައް ފުރާލެވިފައި ހުރީ ރައީސް ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅުގެ މައްޗަށެވެ. ކޮޅުނބުގައި ޕާޓީ ރަޖިސްޓްރީކުރުމާއި އަމިއްލަފުޅަށް އަރުވާލެވިގެން ހޭދަކުރެއްވި މުއްދަތު އެއީ އަދި މާފަހުގެ ތާރީޚެވެ. ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅުގެ ތާރީޚު އެއަށްވުރެ މާ ދުރަށްވެސް ކިޔެއެވެ. ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅުގައި އެތައް މަޤާމުތަކަކަށް އިންތިޚާބުވެފައި އެބަހުއްޓެވެ. އެ މަޤާމުތަކަށް ރައީސް ނަޝީދު އިންތިޚާބުކުރި މީހުންނަށް ރައީސް …
އިތުރަށް ވިދާޅުވުމަށްއެންމެ ކޮރަޕްޓް ފަނޑިޔާރު
ނިޔާ ކަނޑައަޅާ މީހުން އިންސާފުން އެއްކިބާވެއްޖެއެވެ. އިންސާފަކީ ގަނެވިއްކާ އެއްޗަކަށް ހަދައި، އެ ބާޒާރުގައި ނިކަމެތި މީހާ ބާކީކޮށްފިއެވެ. ފަނޑިޔާރުގޭގެ އިޖުރާއަތު އަވަސްވުމާއި ލަސްވުމަކީ އަގުމަގު ކުރެވޭ ވިޔަފާރިއަކަށް ހަދައި، އިންސާފާމެދު ކުރާ އުއްމީދުގެ ހުޅުކޮޅުވެސް ނިއްވާލައިފިއެވެ. ޢާންމު ރައްޔިތުން ކޯޓޭ ކިޔާއުޅޭ އެ ވިޔަފާރި މަރުކަޒުން ވިއްކަނީ މައިގަނޑު ދެ ޕްރޮޑަކްޓެކެވެ. އެއީ އަދުލާއި އިންސާފެވެ. ޟަމީރާއި، ސަލާމަތް ބުއްދިއާއި ހޮޔޮ ވިސްނުމަކީ އެ ޕްރޮޑަކްޓްތަކާއެކު ހިލޭދޫކޮށްލެވޭ އެއްޗެކެވެ. …
އިތުރަށް ވިދާޅުވުމަށްއިންތިޚާބުކުރަންވީ ކުރަން މިއުޅެނީ ކީއްކަން އެނގޭ ކެންޑިޑޭޓުން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ހަތަރުސަތޭކައެއްހައި ކެންޑިޑޭޓުން އެތިބީ ރައްޔިތުންގެ ވަކީލުންނަށްވުމަށް ތައްޔާރުވެގެންނެވެ. އެކަމަށް ހުރި ޝައުޤާއި ކުރާ މިންނެތް މަސައްކަތް ދެކިވަޑައިގަންނަވާށެވެ. ލޮލުފިޔައެއް ޖެހުމެއްނެތި، އަތުގައި ހުރިނަމަ ހުރި ފައިސާއެއް ހޭދަކޮށް، އިތުރަށް ދަރަނިވެރިވެގެންވެސް ކުރަން އެއުޅެނީ އެންމެ މަސައްކަތެކެވެ. ރައްޔިތުންނަށް ޚިދުމަތްކުރުމެވެ. ހޮވެންޖެހޭނީ މަހުޖަނުންކަމަށް ބޭފުޅަކު ވިދާޅުވާއިރު، އެހެން ބޭފުޅަކު ވިދާޅުވަނީ މަހުޖަނުން ހޮވިއްޖެނަމަ، އެންމެ މަދުވެގެން ލިބެންޖެހޭ މުސާރަ ކަނޑައެޅުންފަދަ ކަންކަމަށް ހުރަސްއެޅޭނޭކަމަށެވެ. …
އިތުރަށް ވިދާޅުވުމަށް