Uncategorized

ސުޕްރީމް ކޯޓުގެ މިހާރު ތިބި ފަނޑިޔާރުން ހައްޔަރުކުރެވިދާނެބާ؟

ދިވެހިރާއްޖޭގެ ޢަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ މަތީ ބާރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމަށްވާތީ، އެކޯޓުގެ ފަނޑިޔާރުންނަށް ޤާނޫނުތަކުން ވަނީ ޚާއްސަ ޙިމާޔަތާއި، ރައްކާތެރިކަން ލިބިދީފައެވެ. އޭގެ ބޭނުމަކީ ޢަދުލުއިންސާފު ޤާއިމުކުރުމަށް ކުރާ މަސައްކަތަށް އެއްވެސް ފަރާތެއްގެ ނުފޫޒު ފޯރުވިޔަ ނުދިނުމެވެ. ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު ހައްޔަރުކުރުމާ ގުޅިގެން ސުޕްރީމް ކޯޓުގެ …

އިތުރަށް ވިދާޅުވުމަށް

އިންސާފުވެރި ޝަރީޢަތަކަށް ޢުއްމީދުކުރުން

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފަށް އިޢުލާނުކުރެވުނު ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން، ސަރުކާރުން ފަތުރާލި ދަލުގައި ޖެހުނު ކުދި މަސްތައް ދޫކޮށް، ބޮޑެތި މަސްތައް ލާނޭ ޖަގަހަތައް ކަނޑައެޅުމުގެ އިޖުރާއަތުތައް މާރޗް މަހުގެ 20، 21، 22 މި ތިން ދުވަހު ކުރިމިނަލް ކޯޓުގައި ހިންގުނެވެ. މީގެ ތެރެއިން 3 މަޖިލީހެއްގައި ޖުމުލަ 9 ގަޑިއިރު، ކުރިމިނަލް ކޯޓުގެ ޝަރީޢަތްކުރާ ކޮޓަރީގައި އަޅުގަނޑުވެސް ހޭދަކުރީމެވެ. ލައްކަ މަންޒަރެއް ފެނުނެވެ. ޤާނޫނުއަސާސީގެ ހަމަތައް …

އިތުރަށް ވިދާޅުވުމަށް

އެކެފަރަށް ބޯޓު އުރުމާއި، އެންދެރިމާގެ ބަލާފާސްކުރުމުގެ ކޯޓު އަމުރު

ރަސްމީ ލިޔުންތަކުގައި އުފަން ތާރީޚް ލިޔަން މިފެށުނީ ދާދި ފަހަކުންނެވެ. އެ އިންޤިލާބީ ބަދަލަށް އަދި ބައި ގަރުނު ނުވާނެއެވެ. އޭގެ ކުރިން އުފަން ތާރީޚު ބަލަނީ ބޮޑު ހާދިސާއެއް ހިނގައިދިޔަ ދުވަސްވަރާ ގުޅުވާފައެވެ. މިގޮތަށް އެންމެ ޢާންމުކޮށް ކިޔައި އުޅުނީ “އެކަފަރު” ބޯޓާ ގުޅުވައިގެންނެވެ. މިސާލަކަށް، “އަހަރެން އުފަންވީ އެކަފަރު ބޯޓު އުރުނު އަހަރުގެ ކުރީގެ އަހަރު” ފަދަ ގޮތްގޮތަށެވެ. އެކަފަރު ބޯޓަކީ ހުވަދު އަތޮޅު މާމުޓާ ކައިރީގައި …

އިތުރަށް ވިދާޅުވުމަށް

ރޭޕް ކުރެވުނު ކުއްޖާއަށް 100 އެތިފަހަރުން ޒިނޭގެ ޙައްދު

ދުވަސްވަރަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުފެދުމުގެ ކުރިން، ސުމުއްވުލްޢަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަންހެނުން ބާރުވެރިކުރުވުމުގެ ސިޔާސަތެއް އެކަށައަޅުއްވައި ތަންފީޛްކުރައްވަމުން ގެންދެވި ދުވަސްވަރެވެ. މުޙައްމަދު ޢަމީން ގެންދެވީ ރާއްޖޭގެ އެކި ރަށްތަކުން އަންހެން ކުދިން މާލެ ގެންނަވައި،  އެކުދިންނަށް ތަޢުލީމު އުނގަންނަވައި ދެއްވަމުންނެވެ. އެމަނިކުފާނު މިކަން ކުރެއްވުމުގެ ނިޔަތާމެދު ތާރީޚީ ބައެއް ލިޔުންތެރިން ސުވާލު އުފައްދަވާފައި އެބަހުއްޓެވެ. މުޙައްމަދު ޢަމީންއަކީ އަންހެން ކުދިންގެ ތަޢުލީމުގެ ބާނީކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމާމެދުވެސް …

އިތުރަށް ވިދާޅުވުމަށް

މަނީ ލޯންޑްެރިންގ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ވަކީލުންގެ ޒިންމާ!

ރާއްޖޭގައި ޤާނޫނީ ވަކީލުންނަކީ ސަނަދު ލިބޭ ތާރީޚުން ފެށިގެން ޤާނޫނުގެ ހުރިހާ ދާއިރާއެއްގެ މާހިރުންނެވެ. ވަކި ދާއިރާއަކަށް ޚާއްސަވެގެން މަސައްކަތްކުރަނީ ވަރަށް މަދު ވަކީލެކެވެ. “ޖިނާއީ، މަދަނީ މައްސަލަތަކުގައި ވަކާލާތުކުރުމާއި، ވަރި ކައިވެނީގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެގްރީމެންޓް ހަދައިދިނުމުގެ މަސައްކަތް” ކޮށްދޭކަމަށް އެކި ވެބްސައިޓުތަކުގައި އިޝްތިހާރުކޮށްފައި ހުރެއެވެ. ބައެއް ވަކީލުންގެ ޚިދުމަތް “ރިލޯޑް އަދި ރާސްޓަސް” ކޮށްދިނުމާ ހަމައަށްވެސް ފުޅާކުރެވިފައިވާތީ ފެނެއެވެ. ޤާނޫނީ ވަކީލުކަމުގެ މަސައްކަތަކީ މުޖުތަމަޢުގެ ޢާންމު ގިންތިއަށްވުރެ …

އިތުރަށް ވިދާޅުވުމަށް

ސެކިއުރިޓީއާއި ޒާތީ ދިރިއުޅުމުގެ ޙައްޤު

ކޮންމެ މީހެއްގެ ޒާތީ ދިރިއުޅުމަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. މީހަކު އުޅޭ ނޫޅޭ ގޮތް ބަލައި، ފާރަލުމަކީ އެމީހެއްގެ ރުހުން ނުދޭހާ ހިނދަކު ޤާނޫނު ހުއްދަކުރާ ގޮތުގެ މަތީން މެނުވީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. އަމުދުން މީހެއްގެ ސަލާމަތަށްޓަކައި ކަމަށްބުނެ ސެކިއުރިޓީދޭއިރު، އެ ސެކިއުރިޓީގެ ސަބަބުން ސަލާމަތްތެރިކަމުގެ އިޙްސާސް ކުރެވެންޖެހޭނެއެވެ. އެހެން ނުވާނަމަ، އެ ސެކިއުރިޓީގެ ބޭނުމެއް ނެތެވެ. މި ލިޔުމުގައި މިވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްއަށް ސެކިއުރިޓީ ދިނުމަށް …

އިތުރަށް ވިދާޅުވުމަށް

ޙަސީނާ މުޙައްމަދުއާއި، މުޙައްމަދު ނިމާލުގެ ވާހަކަ

ޙަސީނާ މުޙައްމަދުއަކީ ސވިލް ސަރވިސްކޮމިޝަންގައި މަސައްކަތު މީހެއްގެ ވަޒީފާގައި އުޅުނު މީހެކެވެ. އޭނާގެ މަސައްކަތަކީ ވެރިންނަށް ސައިފޮދު ތައްޔާރުކޮށްދިނުމާއި، އޮފީސްތެރެއާ ފާހާނާ ފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުމެވެ. ޙަސީނާ މުޙައްމަދު އޮފީހުގެ މަސައްކަތްތައް ކުރުމުގެ ތެރޭގައި އޮފީހުގެ މުދަލަށް ޚިޔާނާތްތެރިވެފައިވާކަމަށްބުނެ އެމައްސަލަ ސިވިލްސަރވިސް ކޮމިޝަންގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިއެވެ. ކޮންކަހަލަ ޚިޔާނާތެއް ކަމަށްތޯއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ބަދިގެ ތެރޭގައި ހުރި ކޮފީ ފުޅިއަކުން ކުޑަދަޅަކަށް ކޮފީ …

އިތުރަށް ވިދާޅުވުމަށް