ޚިޔާލު

އެ އުސޫލުގެ ބޭނުމަކީ ކޮބާ؟

ދައުލަތުން އެކި ކަންކަމުގައި ޢަމަލުކުރާ އުސޫލުތަކުގެ ސަބަބާމެދު ސުވާލުކޮށްލަންވެސް ނުކެރުނު ދުވަސްތަކެއް ވެއަތުވެއްޖެއެވެ. ދިއުޅި އެއްނުވާ ލައްކަ އުސޫލުތަކެއް ދައުލަތުގެ އެތެރޭގައި އަށަގެންފައި އެބަހުއްޓެވެ. އޭރު ޢަމަލުކުރަމުންދިޔަ ބައެއް އުސޫލުތައް މި ސަރުކާރަށްވެސް ވަނީ ވާރުތަވެފައެވެ. ހަމަ ފެނިވަޑައިގަތީމާ ޢަމަލުކުރާ އުސޫލުތަކެކެވެ. އެކަން އެހެން އޮންނަ، ނުވަތަ އޮންނަންޖެހޭ ސަބަބެއް ބުނެދެވޭ އެކަކުވެސް އެއިން އިދާރާއަކު ނުހުރެއެވެ. އެންމެ ތިލަކޮށްވެސް ލިބޭ ޖަވާބަކީ ‘އެއީ އަޅުގަނޑުމެންނަށް އަންގާފައި އޮންނަ ގޮތް’ …

އިތުރަށް ވިދާޅުވުމަށް

ޢަދުލުއިންސާފުގެ ދާއިރާ ހަރުދަނާކުރަން ކުރެވިދާނޭ ދެތިން ކަމެއް!

ޝައްކެއްވެސްނެތި އެއްބަސްވާންޖެހޭ ޙަޤީޤަތަކީ ރާއްޖޭގެ ޖުޑީޝަރީއަށް ޢާންމު ރައްޔިތުންގެ އިތުބާރު ނެތްކަމެވެ. އެކަން އެހެން މެދުވެރިވީ ވަރަށް ގިނަ ސަބަބުތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. ވިސްނުމާއި، ވަސީލަތްތައް ތަރައްޤީވެފައިވާ މި ޒަމާނުގައި ޙައްލުނުކުރެވޭނޭ މައްސަލައެއް ނޯންނާނެއެވެ. ބޭނުންވާނީ ޙައްލުކުރުމުގެ ތެދުވެރި ނިޔަތެވެ. ދިވެހިރާއްޖޭގެ ޖުޑީޝަރީ އިސްލާޙްކުރުމަށްޓަކައި ޖުޑީޝަރީގައި ނަންހިނގާ ހުރިހާ ފަނޑިޔާރުން އެކަހެރިކޮށް ބޭރުކޮށްލުމަކީ ކޮންމެހެން މުހިންމުކަމެއް ނޫނެވެ. އަޅުގަނޑުވެސް ވަރަށް ހިތްހަމަނުޖެހޭ ކަންކަން ކޮށްފައިތިބި ފަނޑިޔާރުން އެތަނުގައި އެބަ ތިއްބެވެ. …

އިތުރަށް ވިދާޅުވުމަށް

ރާއްޖެޓީވީ ސަސްޕެންޑުކުރުން

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ އިމުގައި ދިނުމަށް ޤާނޫނުއަސާސީއިން އޮތީ ލާޒިމުކޮށްފައެވެ. ދައުލަތުގެ ހުރިހާ ބާރުތަކުންވެސް އެކަމަށް އެއްބަހެވެ. ހުރިހާ ބާރަކުންވެސް، އެ ޙައްޤު ދިނުމަށް އަމުރުކޮށް ވަކާލާތު ކުރެއެވެ. އެހެންނަމަވެސް، ދައުލަތުގެ ހުރިހާ ބާރަކުންވެސް އަބަދުވެސް އެ ޙައްޤުދެނީ، އަދި ދޭން އެއްބަސްވަނީވެސް އެ ފާޅުކުރާ ޚިޔާލަކީ ތައުރީފުކޮށް ފާޅުކުރާ ޚިޔާލަކަށް ވާނަމައެވެ. ރަނގަޅެވެ. އޭރުންވެސް އެ ފާޅުކުރެވެނީ ޚިޔާލެއް ނޫންތޯއެވެ. ޚިޔާލު ފާޅުކުރުމަކީ ކޮންމެހެން …

އިތުރަށް ވިދާޅުވުމަށް

ރިޔާސީ އިންތިޚާބު ބާތިލުކުރުން

އިންތިޚާބެއް ބާތިލުކުރުމަކީ ވަރަށް ނާދިރު ޙާލަތްތަތަކެެއް މެދުވެރިވެގެން ނޫނީ ނުކުރެވޭ ގޮތަށް އޮންނަ ކަމެކެވެ. އެއީ ޤާނޫނުގެ ފޮތުގައި އެވާހަކަ ލިޔެފައި އޮންނަ ގޮތެވެ. އިންތިޚާބެއް ބޭއްވުމަކީ ޚަރަދު ބޮޑު އަދި މަސައްކަތް ބޮޑު އިޖުރާއަތެކެވެ. އަދި ވަކިން ޚާއްސަކޮށް ޤައުމެއްގެ ވެރިޔަކު ކަނޑައެޅުމުގެ އިންތިޚާބުނަމަ، އެ ދުވަސްވަރު މުޅި ޤައުމު، ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަޝްޢޫލުވެފައި އޮންނާނީ ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކުގައެވެ. އެފަދަ އިންތިޚާބެއް ބާތިލުކޮށް އަލުން …

އިތުރަށް ވިދާޅުވުމަށް

އިންސާނީ ޙައްޤުތައް ލިބިދިނުމުގައި ދަރަނީގެ ރެކޯޑަށް ބެލުމުގެ ފަލްސަލާ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ އިޤްތިޞާދީ ޢިލްމުގެ މާހިރެއްކަމަށް ބުނެ އެމަނިކުފާނުގެ ވަށައިގެން އެނބުރޭ މީހުން އަބަދުވެސް ތައުރީފު އޮއްސައެވެ. އެހެންކަމުން އެމަނިކުފާނަކީ މޮޅު އިކޮނޮމިސްޓެއްކަމަށް އޮންނަނީ ސިއްކަޖެހި، ފެށުނީއްސުރެ ޤަބޫލުކުރެވިފައެވެ. އެހެންނަމަވެސް އެ މަނިކުފާނަކީ އިންސާނީ ޙައްޤުތަކާ ގުޅޭ ޢިލްމުތަކުގެ ވެސް އަރާ ހުންނެވި މާހިރެއްކަން މި އެނގުނީ ދާދި ފަހުން، ޚުދު އެމަނިކުފާނުގެ ބަސްފުޅުންނެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރުމާއި، އެ ޢިލްމު ދިރާސާކުރުމުގައި ޢުމުރު ހުސްކޮށްފައިވާ ޤާނޫނީ މާހިރުންވެސް ހުށަހަޅާފައިނުވާ، …

އިތުރަށް ވިދާޅުވުމަށް

ޝައްކު އުފެދޭ މަރުގެ މައްސަލަތައް ތަހުޤީޤުކުރުން

މިއީ މި ވާހަކަ އަޑުއައްސަވާ ބޭފުޅަކަށް އަލަށް އަޑުއިވޭ ވާހަކައަކަށް ނުވާނެއެވެ. ގޮތް ނޭނގޭ މަރުތައް ގިނަވެ، އެ މައްސަލަތައް ތަޙުޤީޤު ނުކުރެވޭ ވާހަކައަކީ އާންމު، އަދި ވަރަށްވެސް އާދައިގެ މައުޟޫޢުއަކަށް މިހާރު ވެއްޖެއެވެ. އެ މަރުތަކާމެދު ފުންކޮށް ވިސްނާ މީހަކަށް އެކަމުގެ އަޑީގައި ފޮރުވިފައިވާ ސިއްރުތަކެއް ވާކަން ރޭކާލާނެއެވެ. އެކަމާމެދު ވިސްނި ވަރަކަށް ޝައްކުތަކާއި ބިރުވެރިކަން ވަނީ އިތުރެވެ. ގޮތް ނޭނގޭ މަރުތަކުގެ ސިލްސިލާ ފެށުނީ މަޝްހޫރު ދީނީ …

އިތުރަށް ވިދާޅުވުމަށް

އިންސާފުވެރި އިންތިޚާބަކަށް މަސައްކަތްކުރުން

އަނިޔާވެރިކަމުން ސަލާމަތްވުމަށް ތާރީޚަކަށްފަހު ތާރީޚެއް ދެމުންގޮސް، މިހާރު ހުރިހާ އުއްމީދެއް ހުއްޓިފައި މިއޮތީ އިންތިޚާބަށެވެ. ދިރިއުޅުމަށް އުއްމީދު މިކުރާ ފަސޭހަކަމާއި، ހަމަޖެހުން އަންނަންއޮތީ އިންތިޚާބުގެ ފަހުން ކަމުގައި އަޅުގަނޑުމެން މިތިބީ ކިޔައިގެންނެވެ. ދިވެހިރާއްޖޭގައި އުފެދިފައި މި އޮތް އަނިޔާވެރިކަމާއި، ބޭއިންސާފަށް ނޫނެކޭ ބުނެ، އެކަން ހަމަ މަގަށް އަޅުވާނީ ވޯޓުން ކަމުގައި އަޅުގަނޑުމެން އުފާކޮށްގެން ތިބިއިރު، އެ ވޯޓުގެ އިންސާފުވެރިކަން ކަށަވަރުކުރަން ކުރެވެނީ ކޮން މަސައްކަތެއްތޯ ސުވާލުކުރަންޖެހެއެވެ. އިންތިޚާބަށް ކުޑަތަންވެފައި …

އިތުރަށް ވިދާޅުވުމަށް

ހެކި ލިބިދާނޭ ކަމުގެ އުއްމީދުގައި ދަޢުވާކުރުން

ކުރިމިނަލް ކޯޓުގައި ހިންގާ އެ ކޯޓުގެ ނަންބަރު 253/Cr-C/2018 ޤަޟިއްޔާއާ ގުޅިގެން ދައުލަތުން މިއަދު ކުރީ ޔަޤީނުންވެސް ވިހަ ނުވެ ނުދާނޭ ސަމާސައެކެވެ. މީހަކު ބަންދުގައި ހުންނަތާ 100 ދުވަސް ވީއިރު، އޭނާގެ މައްޗަށް އުފުލިފައިވާ ދަޢުވާ ބިނާކޮށްފައިވާ މައި ހެކި ދައުލަތަށް އަދި ލިބިފައިނުވާކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނާނީ ސަމާސައަކަށެވެ. އެހެނީ މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމަކީ ޚައްޞާޞް ކަމެއްކަމާއި، އޭގެ ފަހަށް ތަރުތީބުވެގެން ދާނޭ ނަތީޖާތަކަކީ …

އިތުރަށް ވިދާޅުވުމަށް

އެމް.ޑީ.ޕީ. ގެ ރިޔާސީ ޕްރައިމަރީއާމެދު އަޅުގަނޑުގެ ވިސްނުން!

އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ކޮންމެ ދިވެހިރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. އެއީ ރަށު ކައުންސިލްގެ އިންތިޚާބު ކަމުގައިވީނަމަވެސް، ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކަމުވީނަމަވެސް، އަދި ރިޔާސީ އިންތިޚާބު ކަމުގައިވީނަމަވެސް އެކަން އޮތީ އެހެންނެވެ. އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީ ކަށަވަރުކޮށްދީފައިވާ ޙައްޤެއް ނިގުޅައި ގަނެވޭނޭ ހަމަވެސް ޤާނޫނުއަސާސީގައި އޮތީ ބުނެދީފައެވެ. ކޮންމެ އިންތިޚާބީ މަޤާމަކަށްމެ ކުރިމަތިލުމުގެ ވަކި ޝަރުޠުތަކެއް …

އިތުރަށް ވިދާޅުވުމަށް

ވަގުތަކީ ބަދަލުވާނޭ އެއްޗެކެވެ.

         ކިތަންމެ ތިމާގެ މަތިވެރިނަން، އަރާ ހުއްޓަސް ދުވަސްކޮޅަކުން،       …. ކިތަންމެ ނިވާ ތަނެއްގައިވެސް ނަސީބުގެ ބައްތި ނިވިދާނޭ މި މައުޟޫޢުގައި ހުރި ޅެންތައް ގިނައެވެ. އަޅުގަނޑު މި ނަކަލުކޮށްލީ އެންމެ ބައިތެކެވެ. ވިސްނާންތިބި ބަޔަކަށް މި މިންވަރުން ފުދޭނޭކަމަށް ދެކެމެވެ. ޙާލަތާއި ވަގުތު ބަދަލުވަމުން ދިއުމަކީ އިންސާނިއްޔަތު އެ މައްޗަށް ޢިއްތިފާޤު މައްސަލައެކެވެ. އެއްކަމެއް އަަބަދު އެއްގޮތުގައި ދެމި ނުއޮތުން …

އިތުރަށް ވިދާޅުވުމަށް