ޚިޔާލު

އަޅުގަނޑުވެސް ވަކާލާތުކުރުމުގެ ހުއްދަ ބޭނުމެވެ.

އަޅުގަނޑާއި، އިތުރު 53 ވަކީލަކު ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން މަސައްކަތްކުރުން މަނާކޮށް، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ޓުވީޓެއް ކުރިތާ މިއަދަށް ދެމަސް ފުރުނީއެވެ. އަޅުގަނޑާއެކު ސަސްޕެންޑްކުރެވުނު ވަކީލުންގެ ތެރެއިން އަދިވެސް 17 ވަކީލުންނަށް އޮތީ ވަކާލާތުކުރުން މަނާކުރެވިފައެވެ. ޖުޑީޝަރީގައި ހުރި މައްސަލަތަކުގެ ވާހަކަ އަޅުގަނޑު ފާޅުކަން ބޮޑު ގޮތެއްގައި ދައްކަން ފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. މި ބްލޮގަށްވެސް 3 އަހަރު ވެގެން ދިޔައީއެވެ. އަޅުގަނޑުގެ މި ބްލޮގުގައި ލިޔާ …

އިތުރަށް ވިދާޅުވުމަށް

ޤާނޫނާ ޚިލާފަށް ހޯދާ ހެކި ބަލައި ނުގަތުން

ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ޢިބާރާތުގައި އޮންނަނީ “…..މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އަދި އެ ގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ބަލައިގަނެގެނެއް ނުވާނެއެވެ.” މި މާއްދާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން އެތައް ޤަޟިއްޔާއެއްގައި ތަފްސީރުކޮށްދީފައިވާ މާއްދާއެކެވެ. މީގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/47 ގައި ބަޔާންކޮށްފައި އޮންނަނީ މިއުސޫލު ގެ ދަށުން ޝަރީޢަތަށް …

އިތުރަށް ވިދާޅުވުމަށް

ލަދުހަޔާތް ނެތިދިއުން

އިންސާނީ ޠަބީޢަތުގެ އެންމެ އަސާސީ އެއް ސިފައަކީ ލަދުގަތުމެވެ. އެއީ އިމެއް، ޙުދޫދެއްގެ ތެރޭގައި އިންސާނާގެ އުޅުމާ ގުޅުން ބަހައްޓަން މަޖުބޫރުކުރުވާ ޠަބީޢީ ސިފައެކެވެ. މުޖުތަމަޢުއެއްގެ އަފްރާދުންގެ މެދުގައި އެކަކު އަނެކަކާމެދު ގެންގުޅެންޖެހޭ އަސާސީ ސިފަތަކާއި، ޙުރުމަތާއި، އިޙްތިރާމް ހިފަހައްޓައިދޭ ރުކުނަކީވެސް ލަދެވެ. އިންސާނުން އެއްބަސްވެފައިވެފައިވާ އަޚްލާޤީ އިން ފަހަނައަޅައި ގޮސްފިނަމަ އަނެއް އިންސާނާ ތިމާއާ މެދު ދައްކާނޭ ވާހަކަތަކާއި، ދެކެފާނޭ ގޮތަކާމެދު ވާ ކަންބޮޑުވުމަށް އަހަރުމެން ލަދޭ ކިޔަމެވެ. …

އިތުރަށް ވިދާޅުވުމަށް

ޕިއްޒާ ވަށްކޮށް އޮންނަނީ ކީއްވެ؟

އަޅުގަނޑު ބްލޮގްގައި ލިޔާ ކޮންމެ ލިޔުމަކާ ގުޅިގެންވެސް ކޮންމެވެސް ވަކީލަކާ، ނުވަތަ ސިޔާސީ ބޭފުޅަކާ، ނުވަތަ ރަނގަޅު ޚިޔާލެއް ދެވިދާނޭކަމަށް އަޅުގަނޑަށް ހީވާ ކޮންމެވެސް ބޭފުޅަކާ މަޝްވަރާކުރުމަކީ އަޅުގަނޑު ކޮށްއުޅޭ ކަމެކެވެ. ޢާންމުކޮށް ވަކީލުންނާއެވެ. ބްލޮގުގައި ލިޔާނޭ ރަނގަޅު ލިޔުމެއްގެ ޚިޔާލަކަށް އެދުމުން މިރޭ ވަކީލަކު އަޅުގަނޑަށް ނިކަން ރަނގަޅު މަޝްވަރާއެއް ދިނެވެ. ތިޔައީ ދެން ކޮން ކަމެއްހެއްޔޭ، އަބަދު އުއްތަމަ ފަނޑިޔާރޭ ޤާނޫނޭ ސުޕްރީމް ކޯޓޭ ޖުޑީޝަރީއޭ ކިޔުން …

އިތުރަށް ވިދާޅުވުމަށް

މުޖުތަމަޢުގެ ސަލާމަތަށް ބައެއް ފަހަރު ނުރައްކާތެރި ކުށްވެރިން!

 ސަރުކާރަކީ ދައުލަތެއްގެ ރައްޔިތުންގެ ތެރެއިން އެބައިމީހުންގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމަށްޓަކައި އެބައިމީހުން އިސްކުރާ ފަރާތްތަކަށް ކިޔާނަމެކެވެ. އެއީ ރައްޔިތުންނަށްޓަކައި ރައްޔިތުން އެކަށައަޅާ އިންތިޒާމެކެވެ. ރައްޔިތުންނާމެދު އެމީހުންގެ ޢަމަލުތައް ހުންނާނީ އެ މީހުންނަށް އެ ބާރު ދިން ފޮތުގައި ބުނެފައި އޮތް އިމުގެ ތެރޭގައެވެ. އެ އިމުން ބޭރުވާނަމަ، އެކަން ބެލޭނޭ އިންތިޒާމުވެސް އެ ފޮތުގައި އޮންނާނީ ހަމަޖައްސާފައެވެ. ރައްޔިތުންގެ ކަންކަން ބަލަން އިސްކުރެވިފައިވާ ފަރާތުން ރައްޔިތުންގެ ތެރެއިން މީހަކާމެދު ފިޔަވަޅެއް …

އިތުރަށް ވިދާޅުވުމަށް

އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

މިކަމާ މެދު ވިސްނާތާ ދުވަސްތަކެއް ވެއްޖެއެވެ. “އަހަރެން ކުރާނީ ކީއްހޭ އެއީ މަގޭ ވަޒީފާއޭ” ބުނަމުން އެތައް ބަޔަކަށް ނުޙައްޤުން ދެވޭ އަނިޔާތަކުގައި ޝާމިލުވަނީ ދައުލަތުގެ ކިތައް މުވައްޒަފުންތޯއެވެ. އެއްބަޔަކު ޢަމަލީ ގޮތުން ބައިވެރިވާއިރު، އަނެއް ބަޔަކު އަޅާނުލާ ހަނު ތިބުމުން އެކަމަށް ތަރުހީބުދެއެވެ. “އެއީ އަހަރެންގެ ވަޒީފާއޭ” ބުނުމަކީ އިއްޔެއަކު މިއަދަކު ފެށުނު ސަޤާފަތެއް ނޫނެވެ. ނާޒީ ޖަރުމަނުގައި ހިޓުލަރުގެ ފައުޖުތަކުން ޔަހޫދީންނަށް ލާއިންސާނީ އަނިޔާ ދިން ސިފައިންވެސް …

އިތުރަށް ވިދާޅުވުމަށް

ވަޒީފާއަށްޓަކައި އަނިޔާވެރިކަމަށް ވާގިވެރިވުން

Richard Kuklinski އަކީ އެމެރިކާގެ ރައްޔިތެކެވެ. އޭނާ އުފަންވީ 11 އޭޕްރިލް 1935 ގައެވެ. މަރުވީ އުމުރުން 70 އަހަރުގައި 5 މާޗް 2005 ގައެވެ. Richard Kuklinski އަކީ އޭނާގެ އަނބިމީހާއާއި ދެ ދަރިންނާއެކު ހެޔޮވަރުގެ ތަނަވަސް ދިރިއުޅުމެއް އުޅެމުން ގެންދިޔަ މީހެކެވެ. އާޢިލާގެ ޚަރަދު ބަރަދަށް އާމްދަނީ ހޯދުމަށް އޭނާ ކުރަމުން ގެންދިޔަ މަސައްކަތަކީ އަގު ނަގާގޮތަށް މީހުން މެރުމެވެ. 18 މަސް ދުވަހުގެ އަންޑަރކަވަރ އޮޕަރޭޝަނަކަށްފަހު …

އިތުރަށް ވިދާޅުވުމަށް

ނަޓްވަރުލާލް؛ ތާޖްމަހަލް ވިއްކާލި ޤާނޫނީ ވަކީލު

އިންޑިޔާގެ ޤާނޫނީ ވަކީލު މިތުލޭޝް ކުމާރު ސްރީވާސްތަވް، ނުވަތަ މަޝްހޫރު ނަމުން ނަމަ ނަޓްވަރުލާލް އުފަންވީ 1912 ވަނަ އަހަރު އިންޑިޔާގެ ބިހާރު ސްޓޭޓްގައެވެ. ނަޓްވަރުލާލް އަކީ ޤާނޫނީ ވަކީލެއް ނަމަވެސް އޭނާ މަޝްހޫރުކަން ހޯދީ ޓެކުމުންނެވެ. ޢާމްދަނީ ހޯދުމަށް ޓެކުމަކީ ރަސްމީ މަސައްކަތަކަށް ހެދިއިރު އާދަޔާ ޚިލާފް ކަންތައްތަކެއް އޭނާ ކޮށްފައި އެބަހުއްޓެވެ. އޭނާގެ ވިސްނުންތޫނުކަމާއި، އޭނާ ކޮށްފައިވާ ކަންތައްތަކުގެ ހަނދާނެއްގެ ގޮތުން، ބިހާރުގައި އޭނާ އުފަންވި ވިލެޖްގައި …

އިތުރަށް ވިދާޅުވުމަށް

ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ސުވާލާއި، އަލްއުސްތާޛް ޙުސްނުއްސުޢޫދުގެ ޖަވާބު

ދުސްތޫރީ ފަސާނާގެ ނަމުގައި ޤާނޫނީ ވަކީލުން ބޭއްވި ފޯރަމް ވަރަށް ކާމިޔާބެވެ. ޓީވީއިން ބެއްލެވި ވަރަށް ގިނަ ބޭފުޅުން އެ ފަސާނާގެ ވާހަކަ ދައްކަވައި މަރުޙަބާ ވިދާޅުވިއެވެ. ފަސާނާގައި ހިނގި އެކިއެކި ކަންކަމުގެ ތެރެއިން އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަވީ ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ސުވާލާއި، އެ ސުވާލަށް އަލްއުސްތާޛް ޙުސްނުއްސުޢޫދު ދެއްވި ޖަވާބެވެ. ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ ކުރެއްވި ފުރަތަމަ ސުވާލަކީ “ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ތެރެއަށް ސިފައިން ވަދެ …

އިތުރަށް ވިދާޅުވުމަށް

ޑޮކްޓްރައިން އޮފް “ލާހިކައެއް ނޫން”!

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން 56 ޤާނޫނީ ވަކީލުން ސަސްޕެންޑް ކުރަން ނިންމި ނިންމުމަކީ އިދާރީ ފިޔަވަޅު އެޅުމުގެ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ނިންމާފައިވާ ނިންމުމެކެވެ. އެ ނިންމުމަށް ޗެލެންޗްކޮށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ އެއީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނިންމުމަކަށް ޗެލެންޗްކުރުން ކަމުގައި ބައްލަވައި އެމައްސަލަ ސިވިލް ކޯޓަށް ބަލައި ނުގަތުމަށް ނިންމަވާފައެވެ. އަދި މައްސަލަ ބަލައި ނުގަތުމަށް ނިންމި …

އިތުރަށް ވިދާޅުވުމަށް