ފަނޑިޔާރުންގެ ކޮރަޕްޝަންގެ މައްސަލަތަކާއި، ޖުޑީޝަރީގެ ޚުދުމުޚުތާރުކަމުގެ ވާހަކަ ދައްކާ ކޮންމެ ތަނެއްގައި ކެންޔާގެ ވާހަކައިން ދިޔައީ މިސާލު ޖެހެމުންނެވެ. ކެންޔާގެ ފަނޑިޔާރުގެ އިސްލާޙްކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުނީ 2011 ވަނަ އަހަރު ކެންޔާގެ އުއްތަމަ ފަނޑިޔާރަކަށް ވިލީ މުޓުންގާ ހަމަޖެހުނު ހިސާބުންނެވެ. މުޓުންގާ ބުނެފައިވާ ގޮތުން، ކުރިން އޮތް ޖުޑީޝަރީއަކީ ޔަޤީނުންވެސް ފެއިލް ނުވެ ނުދާނޭ ނިޒާމަކަށް ބައްޓަން ކުރެވިފައި އޮތް ޖުޑީޝަރީއެކެވެ. އެއީ “ނަޒާޙަތްތެރިކަމެއް ނެތް ފަނޑިޔާރުންނާއި، މުވައްޒަފުން ގިނަ، ވަޞީލަތްތައް މަދު، އަދި އިންސާފު ...

އިންޑިޔާގެ ޤާނޫނީ ވަކީލު މިތުލޭޝް ކުމާރު ސްރީވާސްތަވް، ނުވަތަ މަޝްހޫރު ނަމުން ނަމަ ނަޓްވަރުލާލް އުފަންވީ 1912 ވަނަ އަހަރު އިންޑިޔާގެ ބިހާރު ސްޓޭޓްގައެވެ. ނަޓްވަރުލާލް އަކީ ޤާނޫނީ ވަކީލެއް ނަމަވެސް އޭނާ މަޝްހޫރުކަން ހޯދީ ޓެކުމުންނެވެ. ޢާމްދަނީ ހޯދުމަށް ޓެކުމަކީ ރަސްމީ މަސައްކަތަކަށް ހެދިއިރު އާދަޔާ ޚިލާފް ކަންތައްތަކެއް އޭނާ ކޮށްފައި އެބަހުއްޓެވެ. އޭނާގެ ވިސްނުންތޫނުކަމާއި، އޭނާ ކޮށްފައިވާ ކަންތައްތަކުގެ ހަނދާނެއްގެ ގޮތުން، ބިހާރުގައި އޭނާ އުފަންވި ވިލެޖްގައި ބަޔަކު ދަނީ އޭނާގެ ގެ ހުރި ...

އަޅުގަނޑާއި، އިތުރު 53 ވަކީލަކު ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން މަސައްކަތްކުރުން މަނާކޮށް، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ޓުވީޓެއް ކުރިތާ މިއަދަށް ދެމަސް ފުރުނީއެވެ. އަޅުގަނޑާއެކު ސަސްޕެންޑްކުރެވުނު ވަކީލުންގެ ތެރެއިން އަދިވެސް 17 ވަކީލުންނަށް އޮތީ ވަކާލާތުކުރުން މަނާކުރެވިފައެވެ. ޖުޑީޝަރީގައި ހުރި މައްސަލަތަކުގެ ވާހަކަ އަޅުގަނޑު ފާޅުކަން ބޮޑު ގޮތެއްގައި ދައްކަން ފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. މި ބްލޮގަށްވެސް 3 އަހަރު ވެގެން ދިޔައީއެވެ. އަޅުގަނޑުގެ މި ބްލޮގުގައި ލިޔާ ވާހަކަތައް ކިޔާ އުޅެނީ ނިސްބަތުން މަދު ...

ރަށްރަށު ރަށު އޮފީސްތަކުން ކުރާ އަމުރަކީވެސް ޤާނޫނެއް ކަމުގައި ބެލެވެމުން ދިޔަ ޒަމާނުގެ ވާހަކައެކެވެ. މިހާރު ނޫސްތަކުގެ ފަލަ ސުރުޚީއިން ޖާގަ ހޯދަމުންދާ މަޝްހޫރު ރަށެއްގައި ހިނގައިދިޔަ ހާދިސާއެކެވެ. އަޅުގަނޑަށް މިވާހަކަ ކިޔައި ދެއްވީ އެ ރަށް ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެވެ. ރަށު ފަޅުން ދާޖަހައިގެން މުށި މަސް ހިފުމަކީ މަނާކަމެއް ކަމުގައި ރަށު އޮފީހުން އޮތީ އިޢުލާނުކޮށްފައެވެ. އެގޮތަށް މަސް ހިފާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅޭނޭ ކަމުގެ އިންޒާރުވެސް އޮންނަނީ ދީފައެވެ. ...

ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ޢިބާރާތުގައި އޮންނަނީ “…..މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އަދި އެ ގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ބަލައިގަނެގެނެއް ނުވާނެއެވެ.” މި މާއްދާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން އެތައް ޤަޟިއްޔާއެއްގައި ތަފްސީރުކޮށްދީފައިވާ މާއްދާއެކެވެ. މީގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/47 ގައި ބަޔާންކޮށްފައި އޮންނަނީ މިއުސޫލު ގެ ދަށުން ޝަރީޢަތަށް ބަލައިގަތުން މަނާކުރާ ހެއްކަކީ، އެހެއްކެއް ހޯދާފައިވަނީ، ...

Logo Header Menu