ޝަރުއީ ޙުކުމްތަކުގެ ބަސްމަގު

ކޯޓުތަކުންނާއި، ޤާނޫނީ ވަކީލުން ވާހަކަ ދެއްކުމާއި، ލިޔުންތައުކުރުމުގައި ގެންގުޅޭ ބަސްމަގާ ގުޅޭގޮތުން މީގެ ކުރިން ވާނީ މި ބްލޮގުގައި އަލިއަޅުވާލާފައެވެ. އެކަން އެހެން ދިމާވާ ސަބަބުތަގެ މައްޗަށް އެ ލިޔުމުގައި ބަލާލާފައިވާނެއެވެ.

ކޯޓުން ކުރާ ޙުކުމްތަކުގައި ބުނަންއުޅޭ ވާހަކައެއް ޢާންމު މީހަކަށް ތިލަކޮށް ދޭހަވާ ވަރަށް ނުބުނެވޭންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ. ޙުކުމް ކުރަނީ ދެފަރާތެއްގެ ދެމެދުގައި އުފެދިފައި އޮތް ދެބަސްވުމަކާ މެދުގައެވެ. އެހެންކަމުން ކޯޓުން އެކަމާމެދު ދެކުނު ގޮތަކީ ކޮބައިކަމާއި، ބުނީ ކީކޭކަން އެންމެ ކުޑަމިނުން އެ ދެމީހުންނަށް އެބަ އެނގެންޖެހޭ ނޫންތޯއެވެ. އަޅުގަނޑު ދައްކަން މިއުޅެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު ޙުކުމެއް ފާޑުގެ އެއްޗެއްގެ ވާހަކައެއް ނޫނެވެ. އެ ޅެމުގެ ތަރުޖަމާ ކުރުމަށް އަޅުގަނޑު ޤާބިލެއް ނޫނެވެ.

ބައެއް ފަހަރު ޙުކުމްތަކުގައި މައްސަލައާ ނުގުޅޭ ބޭކާރު ވާހަކަތައް ހިމަނާފައިވާތީ ފެނެއެވެ. ޙުކުމްކުރާ ފަނޑިޔާރު ޢިލްމީ ގޮތުން ވަރުގަދަކަން ދެއްކުމަށް ނަމަވެސް ބޭނުންކުރައްވާ ބަސްތަކަކީ ދިރާސާއަކަށްދާއިރު، ޙުކުމުގައި ބޭނުންހިފޭ ބަސްތަކެއް ނޫނެވެ. މައްސަލަ ނިންމުމުގައި އަހައްމިއްޔަތުކަމެއް ދެވޭ ބަސްތަކެއްވެސް ނޫނެވެ. ތިރީގައި މިވަނީ ސިވިލް ކޯޓުން ކުރި އެފަދަ ޙުކުމަކުން ފާހަގަކުރެވުނު ތަންކޮޅެކެވެ.

 

ތިޖާރީ ކުލައިގެ މާލީ ގުޅުންތަކަކީ ކޮބައިކަން އޮޅުންފިލުވައި ދެއްވި ބޭފުޅަކަށް މި ބްލޮގުގެ ފަރާތުން ޚާއްސަ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޙުކުމެއްގައި ބޭނުންކުރަންޖެހޭ ޤާނޫނީ ބަސްތައް ހުންނާނެއެވެ. ކޮންމެ މީހަކަށް އެ ބަސްތައް ފަހުމު ނުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މައްސަލައަކީ ބައެއްފަހަރު މައްސަލައިގެ ޙުކުމްކުރާ ފަނޑިޔާރަށްވެސް މި ބުނެވުނީ ކީކޭކަން ސާފުކޮށް ބުނެދޭން ނޭނގޭތީއެވެ.

މި އާޓިކަލް ބައްލަވާ

ހެކި ލިބިދާނޭ ކަމުގެ އުއްމީދުގައި ދަޢުވާކުރުން

ކުރިމިނަލް ކޯޓުގައި ހިންގާ އެ ކޯޓުގެ ނަންބަރު 253/Cr-C/2018 ޤަޟިއްޔާއާ ގުޅިގެން ދައުލަތުން މިއަދު ކުރީ ޔަޤީނުންވެސް ވިހަ ނުވެ …