ޒިންމާ އުފުލުމުގެ ގޮތުން މަޤާމުން އިސްތިއުފާދިނުން!

ކޮންމެ ޤައުމެއްގެވެސް ސިޔާސީ މަޤާމުތަކާއި، ޒިންމާދާރު މުސްތަޤިއްލު މަޤާމުތަކަކީ ރައްޔިތުންނަށް ޚިދުމަތްކުރާނޭ ބަޔަކު ރައްޔިތުންގެ ތެރެއިން ކަނޑައެޅުމަށް، ރައްޔިތުން އުފައްދާ މަޤާމުތަކެކެވެ. މީގައި ކޮންމެވެސް އެއް ސިފައެއްގައި ރައްޔިތުންނަށް ޖަވާބުދާރީވާން ނުޖެހޭނޭ މަޤާމެއް ނޯންނާނެއެވެ. ތަހުޒީބު މުޖުތަމަޢުތަކުގައި މިފަދަ މަޤާމުތަކުގައި ތިބެނީ އެމީހެއްގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމަށް ރައްޔިތުންގެ ކުރިމަތީގައި ޒިންމާ ނަގާ މީހުންނެވެ. އަދި މަޤާމު ދޫކޮށް ދާނީ ދެން މަޤާމާ ޙަވާލުވާނޭ މީހަކު ޒިންމާއިން …

އިތުރަށް ވިދާޅުވުމަށް

ސިޓީ އަނބުރާ ފޮނުވާލެވިފައި!!؟!!

ޤާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ކޯޓުތަކުގައި ވަކަލާތުކުރުން މަނާކުރެވިއްޖެކަން، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންއިން ކުރެއްވި ޓްވީޓެއްގެ ޒަރީޢާއިން މީޑިއާއަށް އެންގީ 14 ނޮވެމްބަރު 2015 ތާރީޚުގައެވެ. އޭގެ ފަހުންވެސް ސީދާ ޙުސައިން ޝަމީމަށް ވަކި އެއްޗެއް އަންގަވާފައިނުވާތީ، ވަކާލާތުކުރުން މަނާކުރެވުނު ސަބަބު ސާފުކޮށްދެއްވުން އެދި ފޮނުއްވި ސިޓީތަކުގެ ތެރެއިން 29 ފެބުރުއަރީ 2016 ތާރީޚުގެ ސިޓީ 1 މާޗް 2016 …

އިތުރަށް ވިދާޅުވުމަށް

ދޫނިދޫ ގޮޅީގައި ދުވަހެއް ހޭދަކޮށްލައްވާށެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާ ޕެރޯލްގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖަލުތައް ބަހާލެވެނީ ތަފާތު 3 ގިންތިއަކަށެވެ. އެއީ ތަޙްޤީޤަށް މީހުން ބަންދުކުރެވޭ ކަސްޓޯޑިއަލް ޖަލަކާއި، ތަޙްޤީޤް ނިމި ޝަރީޢަތް ފެށުމުގެ ކުރިން ނުވަތަ ޝަރީޢަތް ފެށި ޙުކުމް ކުރުމުގެ ކުރިން މީހުން ބަންދުކުރެވޭ ރިމާންޑް ޖަލަކާއި، ޝަރުޢީ ޙުކުމެއް ތަންފީޛްކުރާ މީހުންގެ ޢާންމު ޖަލެވެ. މި ގިންތިތަކަށް ފުރިހަމައަށް ބަހާލެވުމުގެ ބަދަލުގައި ދިވެހިރާއްޖޭގައި ފެންނަނީ ބަންދުކުރުމުގެ …

އިތުރަށް ވިދާޅުވުމަށް

ފަނޑިޔާރަކު ޚަސްމަކަށް މަލާމާތް ކުރުމަކީ ފަނޑިޔާރުގެ “ގަޓުކަން” ދައްކުވައިދޭ ކަމެއް ނޫން!

މައްސަލައެއްގައި ޝަރީޢަތަށް ހާޟިރުވާ ވަކީލު ނުވަތަ މައްސަލައިގައި ހިމެނޭ އަނެއް ޚަސްމު ދައްކާ ވާހަކަތަކަށް ފުރިހަމަ ރައްދެއް ދެވުމާއި، ރައްދު ދިނުމުގެ ތެރޭގައި އަނެއް ފަރާތުގެ ވަކީލު ކުޑަކޮށް ލަދުގަންނަވާލެވުމަކީ ކިހާ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއްކަން އެނގިވަޑައިގަންނަވާނީ ކޯޓުތަކަށް ވަޑައިގެން ވަކާލާތުކުރައްވާ ވަކީލުންނަށެވެ. ކޯޓަށް ވަޑައިގެންނެވި ޕާކިސްތާނު ތަޢުލީމުގެ ވަކީލަކު މައްސަލައާ ގުޅިގެން ދައްކަމުން ގެންދިޔަ ވާހަކައަށް ބާރު ދިނުމުގެ ގޮތުން ނިކަން ދިގުކޮށް އަރަބި ބަސްތަކެއް ބޭނުންކުރައްވަމުން …

އިތުރަށް ވިދާޅުވުމަށް

އަޅުގަނޑަށް ދިން ހަމަލާއާއި ދިވެހި ސަރުކާރު!

4 ސެޕްޓެމްބަރު 2015 ދުވަހުގެ ހަވީރުގެ ވަގުތެއްގައި އަޅުގަނޑަށް ދިން ހަމަލާއަށްފަހު، އޭގެ ދެދުވަސް ފަހުން އަޅުގަނޑަށް ބޭރު ތެރޭގެ ޚަބަރުތައް ލިބެން ފެށުމުން އަޅުގަނޑަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އަޅުގަނޑަށް ދީފައިވާ ހަމަލާއަކީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް ކަށަވަރުކަމާއެކު އެތައް ބަޔަކު ދިޔައީ ބުނަމުންނެވެ. އަދި އޭގެ ފަހުން އަޅުގަނޑާ ބައްދަލުވި މީހުންގެ ތެރެއިން އެތައް ބަޔަކު ވަނީ މިހަމަލާއާ ގުޅިގެން އެފަރާތްތަކަށް ލިބިފައިވާ …

އިތުރަށް ވިދާޅުވުމަށް

ސުޕްރީމް ކޯޓުން ފާސްކުރާ “ޤާނޫނުތައް”

ޤާނޫނު ހެދުމުގެ ބާރު ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. މިއީ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާގެ ސާފު ޢިބާރާތެވެ. ޤާނޫނުއަސާސީގައި ‘ޤާނޫނު’ މާނަކޮށްދީފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމުހޫރިއްޔާ ތަސްދީޤުކޮށްފައިވާ ޤާނޫނުތަކާއި، އެ ޤާނޫނުތަކުން ބާރުލިބިގެން އެ ޤާނޫނުތަކުގެ އިމުގެ ތެރޭގައި ހަދާ ގަވާއިދުތަކަށެވެ. ގަވާއިދެއް، ސަރކިއުލަރއެއް ނުވަތަ ޢާންމު ސިޓީއެއްގެ ސިފައިގައި ވިޔަސް ޤާނޫނެއްގައި ނުހިމެނޭކަމެއް އަލަށް އުފަން ކުރުވުމަކީ ޤާނޫނުއަސާސީއާ ޚިލާފްކަމެކެވެ. …

އިތުރަށް ވިދާޅުވުމަށް

ސުޕްރީމް ކޯޓުން މައުޟޫޢީގޮތުން މައްސަލަ ބެލުން

“ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގެ ކޯޓަކުން ބެލުމަކާ ނުލައި، ހައިކޯޓުގައި ބެލުމަކީ، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފްގެ ޙައްޤު ގެއްލިގެންދާނޭކަމަކަށްވާތީއާއި، ޖިނާއީ ކުށުގެ މައްސަލަތައް ތަޙްޤީޤްކޮށް ޝަރީޢަތްކުރަންވާނީ ޖިނާއީ އިޖުރާއަތާ ގުޅޭ ގޮތުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި، ޖިނާއީ އިޖުރާއަތާ ގުޅޭ ޤާނޫނާ ގަވާއިދުތަކާ ޚިލާފްނުވާނޭ ގޮތުގެ މަތީން ޖިނާއީ އިޖުރާއާތުގެ ތެރެއިން އަދި ކުށުގެ ދަޢުވާލިބޭ ހުރިހައި މުއްތަހަމުންގެ މައްޗަށް އެއްހަމައެއްގައި އަދި އެއް …

އިތުރަށް ވިދާޅުވުމަށް

ޢިނާޔަތްތަކުން ފަސާދައަށް ހިތްވަރު ދިނުން

މަޙްފޫޒް ސަޢީދު ދައުލަތެއް އޮމާންކަމާއެކު ހިނގަމުން ދާނީ އެދައުލަތް ހިންގުމާ ގުޅޭ އެކިއެކި ޒިންމާ މަތިކުރެވިފައިތިބި ފަރާތްތަކުން އެ ޒިންމާތައް އިޚްލާސްތެރިކަމާއެކު އަދާކޮށްގެންނެވެ. އެހެންކަމުން، އެ ޒިންމާތައް މަތިކުރެވިފައިވާ ފަރާތްތަކަށް ޚިދުމަތުގެ މުސާރަ ދިނުމުގެ އިތުރުން، މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދިރިއުޅުމުގެ ކަންކަން ހަމަޖައްސާލުމަށާއި، މަގުން ކަސިޔާރުވެ ނުދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން އެކަށީގެންވާ ޢިނާޔަތްތަކެއް ލިބިދެވެން ޖެހެއެވެ. ބޮޑެތި ޒިންމާތައް ޙަވާލުކުރެވިފައިވާ ފަރާތްތަކަށް އެކަށީގެންވާ މުސާރައާ ރަނގަޅު ޢިނާޔަތް …

އިތުރަށް ވިދާޅުވުމަށް

ކާނަލް ނާޒިމްގެ މައްޗަށް ކުރެވުނު ޙުކުމާ ގުޅޭ

ކާނަލް ނާޒިމްގެ މައްޗަށް ކުރެވުނު ޙުކުމާ ގުޅިގެން އެންމެ ބޮޑަށް ދެކެވެމުންދާ ވާހަކައަކީ، “ނާޒިމްގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމަކީ ނާޒިމްގެ ޒިންމާއެއް” ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވާ ކަމަށްބުނެ ފެތުރިފައިވާ ވާހަކައެވެ. ކްރިމިނަލް ކޯޓުގެ ނިންމެވުން ބިނާކުރެވުނީ އެ އަސާސްގެ މައްޗަށް އެކަނި ކަމަށް ބުނުމަކީ ފުރިހަމަ ޙަޤީޤަތެއް ނޫނެވެ. ރަނގަޅެވެ. ޖިނާއީ މައްސަލަތަކުގައި ދަޢުވާ ސާބިތުކުރުމަކީ، ދައުލަތުގެ ޒިންމާއެކެވެ. އަދި އިސްލާމީ ޝަރީޢަތުގައިވެސް ކުށުގެ ޒިންމާ އުފުލުމާ ގުޅޭ …

އިތުރަށް ވިދާޅުވުމަށް

ޕްރޮސެކިއުޝަންއާ އެއްކޮޅަށް ނިމޭ މައްސަލަތައް ޕްރޮސެކިއުޝަންގެ އިސްނެގުމުގައި އިސްތިއުނާފްކުރުން

ކޯޓުތަކުންކުރާ ޙުކުމްތަކާއި، ކޯޓު އަމުރުތައް އިސްތިއުނާފްކުރުމުގެ ޙައްޤުގެ ދަށުން، ޢާންމު އުޞޫލެއްގެ ގޮތުން މައްސަލައެއް އިސްތިއުނާފްކުރާނީ އެ ޙުކުމަކާ މެދު ހިތްހަމަނުޖެހޭފަރާތުންނެވެ. އެއީ ޖިނާއީ ދަޢުވާއެއްގައި ދަޢުވާލިބޭފަރާތް ކުށްވެރިވާކަމަށް ނިންމަވައިފިނަމަ، ދަޢުވާލިބޭފަރާތުންނެވެ. އަދި ކުށް ސާބިތުނުވާކަމަށް ކަނޑައެޅިއްޖެނަމަ ޕްރޮސިކިއުޝަންއިންނެވެ. މިލިޔުމުގައި އަލިއަޅުވާލަން މިއުޅެނީ ދައުލަތާ އެއްކޮޅަށް މައްސަލަ ނިމުމުން ދައުލަތުން އެމައްސަލައެއް އިސްތިއުނާފްކުރުމުގެ މައްޗަށެވެ. 7 އޮކްޓޯބަރު 2011 ތާރީޚުގައި، ވ.ފެލިދޫ ޖަނބުރޯލުމާގެ، އިބްރާހީމް ޝިފާޙް ރާއްޖެ އައިއިރު، އޭނާގެ …

އިތުރަށް ވިދާޅުވުމަށް