ޢިނާޔަތްތަކުން ފަސާދައަށް ހިތްވަރު ދިނުން

މަޙްފޫޒް ސަޢީދު ދައުލަތެއް އޮމާންކަމާއެކު ހިނގަމުން ދާނީ އެދައުލަތް ހިންގުމާ ގުޅޭ އެކިއެކި ޒިންމާ މަތިކުރެވިފައިތިބި ފަރާތްތަކުން އެ ޒިންމާތައް އިޚްލާސްތެރިކަމާއެކު އަދާކޮށްގެންނެވެ. އެހެންކަމުން، އެ ޒިންމާތައް މަތިކުރެވިފައިވާ ފަރާތްތަކަށް ޚިދުމަތުގެ މުސާރަ ދިނުމުގެ އިތުރުން، މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދިރިއުޅުމުގެ ކަންކަން ހަމަޖައްސާލުމަށާއި، މަގުން ކަސިޔާރުވެ ނުދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން އެކަށީގެންވާ ޢިނާޔަތްތަކެއް ލިބިދެވެން ޖެހެއެވެ. ބޮޑެތި ޒިންމާތައް ޙަވާލުކުރެވިފައިވާ ފަރާތްތަކަށް އެކަށީގެންވާ މުސާރައާ ރަނގަޅު ޢިނާޔަތް …

އިތުރަށް ވިދާޅުވުމަށް

ކާނަލް ނާޒިމްގެ މައްޗަށް ކުރެވުނު ޙުކުމާ ގުޅޭ

ކާނަލް ނާޒިމްގެ މައްޗަށް ކުރެވުނު ޙުކުމާ ގުޅިގެން އެންމެ ބޮޑަށް ދެކެވެމުންދާ ވާހަކައަކީ، “ނާޒިމްގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމަކީ ނާޒިމްގެ ޒިންމާއެއް” ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވާ ކަމަށްބުނެ ފެތުރިފައިވާ ވާހަކައެވެ. ކްރިމިނަލް ކޯޓުގެ ނިންމެވުން ބިނާކުރެވުނީ އެ އަސާސްގެ މައްޗަށް އެކަނި ކަމަށް ބުނުމަކީ ފުރިހަމަ ޙަޤީޤަތެއް ނޫނެވެ. ރަނގަޅެވެ. ޖިނާއީ މައްސަލަތަކުގައި ދަޢުވާ ސާބިތުކުރުމަކީ، ދައުލަތުގެ ޒިންމާއެކެވެ. އަދި އިސްލާމީ ޝަރީޢަތުގައިވެސް ކުށުގެ ޒިންމާ އުފުލުމާ ގުޅޭ …

އިތުރަށް ވިދާޅުވުމަށް

ޕްރޮސެކިއުޝަންއާ އެއްކޮޅަށް ނިމޭ މައްސަލަތައް ޕްރޮސެކިއުޝަންގެ އިސްނެގުމުގައި އިސްތިއުނާފްކުރުން

ކޯޓުތަކުންކުރާ ޙުކުމްތަކާއި، ކޯޓު އަމުރުތައް އިސްތިއުނާފްކުރުމުގެ ޙައްޤުގެ ދަށުން، ޢާންމު އުޞޫލެއްގެ ގޮތުން މައްސަލައެއް އިސްތިއުނާފްކުރާނީ އެ ޙުކުމަކާ މެދު ހިތްހަމަނުޖެހޭފަރާތުންނެވެ. އެއީ ޖިނާއީ ދަޢުވާއެއްގައި ދަޢުވާލިބޭފަރާތް ކުށްވެރިވާކަމަށް ނިންމަވައިފިނަމަ، ދަޢުވާލިބޭފަރާތުންނެވެ. އަދި ކުށް ސާބިތުނުވާކަމަށް ކަނޑައެޅިއްޖެނަމަ ޕްރޮސިކިއުޝަންއިންނެވެ. މިލިޔުމުގައި އަލިއަޅުވާލަން މިއުޅެނީ ދައުލަތާ އެއްކޮޅަށް މައްސަލަ ނިމުމުން ދައުލަތުން އެމައްސަލައެއް އިސްތިއުނާފްކުރުމުގެ މައްޗަށެވެ. 7 އޮކްޓޯބަރު 2011 ތާރީޚުގައި، ވ.ފެލިދޫ ޖަނބުރޯލުމާގެ، އިބްރާހީމް ޝިފާޙް ރާއްޖެ އައިއިރު، އޭނާގެ …

އިތުރަށް ވިދާޅުވުމަށް

ޢަދުލު އިންސާފު ޤާއިމުކުރުމަށް ޤާނޫނުއަސާސީ ދޭ ބާރަކީ، ރާނީ، ޖޭމްސް ބޮންޑަށް ދިންފަދަ ލައިސެންސެއް ނޫނެވެ.

ދިވެހިރާއްޖޭގައި ޢަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމްކޯޓެވެ. ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި މި ޢިބާރާތް އޮތުމުން މިކަމާ ދެބަސްވުމުގެ ޖާގައެއް ނެތެވެ. އެހެންނަމަވެސް، ޤާނޫނުއަސާސީގައި ޢަދުލުއިންސާފު ޤާއިމުކުރުމާ ކޯޓުތަކާ ގުޅޭ ގޮތުން އޮތީ އެމާއްދާ އެކަންޏެއް ނޫނެވެ. ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރަކަސް، ވެރިކަން ހިންގުމުގެ ބާރަކަސް އަދި ޤާނޫނު ހެދުމުގެ ބާރަކަސް، ޤާނޫނުއަސާސީގެ އިންތައް ފަހަނައަޅައި ދެވިދާނޭފަދަ ޤާނޫނީ އުޞޫލެއް ޤާނޫނުއަސާސީއިން ދައްކާފައެއް ނުވެއެވެ. ޢަދުލުއިންސާފު …

އިތުރަށް ވިދާޅުވުމަށް

ޙުކުމުގެ ރައީސް މުޙައްމަދު ނަޝީދު ކުރިމިނަލްކޯޓުގައި ދެއްކެވި ވާހަކަފުޅު

ތިރީގައި މިވަނީ 13 މާރޗް 2015 ތާރީޚްގެ 23:13 މިނަޓްގައި، ރައީސް މުޙައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރެއްވި ޙުކުމްގެ ކުރިން އެމަނިކުފާނު އެ ކޯޓުގައި ދެއްކެވި ވާހަކަފުޅެވެ. މި ވާހަކަފުޅުގެ ތެރޭގައި ތަކުރާރުކޮށް ފަނޑިޔާރުން އެމަނިކުފާނު ހުއްޓުވި ނަމަވެސް، ޝަރީޢަތުގައި މިވާހަކަތައް ވަނީ ދައްކަވާފައެވެ. މިއީ މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ތައްޔާރުކުރެވިފައިވާ ބަޔާނަކަށް ނުވާތީ އެންމެ ބޮޑަށް އެދިވަޑައިގަތީ ވަކީލެއްގެ ފުރުޞަތު ލިބޭނޭ …

އިތުރަށް ވިދާޅުވުމަށް

ކުރެވިފައިވާ ދަޢުވާއަކަށް ބަދަލު ގެނައުން

ޢާންމު އުޞޫލެއްގެ ގޮތުން، ކުށާ ގުޅޭ މައްސަލަތަކުގެ ތަޙްޤީޤްގެ ހޯދުންތަކަށް ބަލައި، އުފުލާނޭ ދަޢުވާއެއް ކަނޑައަޅައި، ނުވަތަ އުފުލިފައިވާ ދަޢުވާއެއް މުރާޖައާ ކުރުމަކީ ހަމައެކަނި ޕްރޮސެކިއުޓަރ ޖެނެރަލްގެ ބާރެކެވެ. ކުށެއްކުރި މީހަކާމެދު ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖަޢާކޮށް އެ ނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދަޢުވާއެއް އަނބުރާ ގެންދިއުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ ބާރެއްކަން ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (އ) އަށް ބެލުމުން އެނގެއެވެ. …

އިތުރަށް ވިދާޅުވުމަށް

އަޅުގަނޑުގެ ވެރިކަމުގައި އިރާދަކުރެއްވިއްޔާ އޭނާއަކަށް 100 މީޓަރަށް ފަނޑިޔާރުގެއާ ކައިރިއެއް ނުވެވޭނެ

ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، މީހަކު ނުވަތަ މީހުން ކިޑްނެޕްކުރުން، ނުވަތަ ގަދަކަމުން ފޮރުވުން ނުވަތަ ރަހީނުންގެ ގޮތުގައި ހިފެހެއްޓުން ނުވަތަ މިއިން ކަމެއް ކުރަން އުޅުމަކީ ޓެރަރިޒަމްގެ ކުށުގެ ޢަމަލެކެވެ. މިމާއްދާގައި ބުނެފައިވާ އެއްވެސް ކުށެއް ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ނުވަތަ އެނޫންވެސް ޤާނޫނެއްގައި މާނަކޮށްދީފައެއް ނުވެއެވެ. ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން …

އިތުރަށް ވިދާޅުވުމަށް

މިނިވަން މަޤާމުތަކުގެ މުސާރައާ އިނާޔަތް

‘ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައެވެ.’ މިއީ ދިވެހިރާއްޖޭގެ ޖުމުހުރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގެ ޢިބާރާތެވެ. މިމާއްދާގައި ބުނެވުނު ރައްޔިތުންގެ ބާރުތައް، ޤާނޫނުއަސާސީގެ ދަށުން އިންތިޒާމުކުރެވިފައިވަނީ މައިގަނޑު ތިން ބާރެއްގެ މައްޗަށް ހިނގާ ގޮތަށެވެ. އެއީ ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ވެރިކަން ހިންގުމުގެ ބާރާއި، ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރާ ޤާނޫނު ހެދުމުގެ ބާރާއި، …

އިތުރަށް ވިދާޅުވުމަށް

ހަނުހުރުމުގެ ޙައްޤު ހިފެހެއްޓުން – މަޤްސަދު ޙާސިލުކުރެވިއްޖެބާ!!

7 އޮގަސްޓް 2008 ވަނަ ދުވަހު ތަސްދީޤުކުރެވުނު ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީ ވެގެން ދިޔައީ، ރައްޔިތުންނަށް ގިނަ ޙައްޤުތަކެއް ލިއްބައިދިން ޤާނޫނުއަސާސީއަކަށެވެ. މީގެ ތެރެއިންވެސް ތަޙްޤީޤީ އިދާރާތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވި ކަމަށް ފެނުނު ޙައްޤަކީ، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) ދަށުން ލިބިދެވުނު ހަނުހުރުމުގެ ޙައްޤު ލިބިފައިވާކަން އެނގިގަތުމުގެ ޙައްޤެވެ. ޤާނޫނުއަސާސީގެ މިމާއްދާގެ އިބާރާތަކީ “ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް …

އިތުރަށް ވިދާޅުވުމަށް