ވަގު ހިފަން ދަންތުރަޖެހުން

މީހުންގެ ގޮވަތިގެދޮރަކީ ޙުރުމަތްތެރިވެގެންވާ ތަނެކެވެ. އަދި އެއީ އޭގެ ވެރިންނަށް އެންމެ ރައްކާތެރިކަން އިހްސާސްކުރެވެންޖެހޭވެސް ތަނެވެ. ކުށުގެ ޢަމަލުތަކާއި ކުށްވެރިންގެ އުނދަގޫ ބޮޑު މިޒަމާނުގައި ގޭގޭގައި ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކެމެރާ ހަރުކޮށްގެން ނުވަތަ ސެކިއުރިޓީ ގާޑަކު ބަހައްޓައިގެން ގޭގެ ސެކިއުރިޓީއަށް ކުރާ ޚަރަދަކީ ޙަޤީޤަތުގައި އެހެން ހުރިހާ ކަމެއް ސަލާމަތްކުރުމަށް ކުރެވޭ އިންވެސްޓްމަންޓެކެވެ. އެއީ ޟަރޫރީ ޚަރަދެކެވެ. ދަންވަރު ވަގަށް ގޭގެއަށް ވަދެއުޅޭ މީހުން …

އިތުރަށް ވިދާޅުވުމަށް

އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!

އޭސީސީއިން ފޮރުވައިގެން ގެންގުޅުނު ރިޕޯޓު ޢާންމު ކުރައްވައިފިއެވެ. ރޯދަމަހު ދިވެހިން އެކަކު އަނެކަކާ ދިމާވުމުން ކޮބާ ރޯދަތޯއޭ އަހާލާ ގޮތަށް މިހާރު ސުވާލުކުރަނީ ލިސްޓުގައި ނަން އޮތްތޯއެވެ. އެ ލިސްޓަކީ ޚިޔާނާތްތެރިވުމާއި ވައްކަމާއި ފަސާދަ މިނެކިރާ މީޒާނަކަށް ވެއްޖެއެވެ. ލިސްޓުގައި ނަން އޮތް މީހާއަކީ ޚިޔާނާތްތެރިއެކެވެ. ނަން ނެތްނަމަ އަމީނެކެވެ. އަޅުގަނޑުގެ ވިސްނުން ތަފާތެވެ. އޭސީސީއިން ޢާންމު ކުރި ރިޕޯޓުން ސޯޝަލް މީޑިއާގައި ދައުރުވާ ސަފްޙާތަކަކީ ކުޑަ މިންވަރެކެވެ. އެއީ …

އިތުރަށް ވިދާޅުވުމަށް

ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރުން މަނާކުރުން.

ޤާނޫނު ނަންބަރު  28/2016(ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް 3 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނު) އިން ވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް މާއްދާއެއް އިތުރުކޮށް، ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކަށް އެހެން އެއްވެސް ޙައިސިއްޔަތަކުން އެ އިންތިޚާބެއްގައި ބައިވެރިނުވެވޭނޭކަމަށް ހަމަޖައްސާފައެވެ. އެ މާއްދާގައި ބުނެފައި އޮންނަނީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް އޮތްކަމުގައިވީ ނަމަވެސް، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވާ މެންބަރަކު، ޤާނޫނުއަސާސީއިން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި …

އިތުރަށް ވިދާޅުވުމަށް

މަންޑޭލާ ރޫލްސް

United Nations Standard Minimum Rules for the Treatment of Prisoners ނުވަތަ މަންޑޭލާ ރޫލްސް އަކީ 5 އަހަރު ދުވަހުގެ ދިރާސާއަކަށްފަހު އެކުވެރި ދައުލަތްތަކުގެ ޖެނެރަލްސް އެސެމްބްލީއިން ފާސްކޮށްފައިވާ ގަވާއިދުތަކެކެވެ. މި އުސޫލުތަކަށް ޢަމަލުކުރަން ޤައުމުތަކުން އެއްބަސްވެ، ޖެނެރަލް އެސެމްބްލީއިން ފާސްކުރީ 17 ޑިސެމްބަރު 2015 ތާރީޚުގައެވެ. އޭގެ ކުރިންވެސް United Nations Congress on the Prevention of Crime and the Treatment of Offenders, …

އިތުރަށް ވިދާޅުވުމަށް

ސިޔާސީ ޕާޓީއެއް އުފެއްދުން

‘ކަރުނަޔާ ނުލައި ކެއްކުން’ ‘ތަފާތު ކާނާ’ ފަދަ ކެއްކުމާ ގުޅޭ ފޮތްތައް އަޅުގަނޑުމެންގެ ތެރޭގައި ޢާންމެވެ. މި ލިޔުން ވައްތަރުވާން އުޅޭނީ އެފޮތްތަކުގައި ބަޔާންކޮށްފައިހުރި ފަދަ ރެސިޕީއަކާއެވެ. ‘ޤާނޫނަށް މަގެއް’ އަދި ‘މުޢާމަލާތަށް މަގެއް’ ފަދަ ޖައުހަރުތަކާ އެއްހަމަ ނުވިޔަސް، ސިޔާސީ ޕާޓީއެއް އުފެއްދުމުގައި ކުރާންވީ ކަންކަމާއި ކޮށްގެންނުވާނޭ ކަންކަން އެއް ލިޔުމަކުން ފެންނަން އޮތުމަކީ ފަސޭހައެއްކަމަށް ފެންނާތީ ލިޔެލަނީއެވެ. ޕާޓީއެއް އުފެއްދުމަކީ އުނދަގޫކަމެއް ނޫނެވެ. ޤާނޫނު ފަރުމާކޮށްފައި އޮތީ …

އިތުރަށް ވިދާޅުވުމަށް

ހެޔޮއެދޭ ފަރާތްތަކުން ދެއްވާ ހަދިޔާ

ރައީސް ޔާމީން ވަރަށް ގިނައިން ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅަށް އެހީތެރިވެދޭ ހެޔޮ ރަނގަޅު ރަޙުމަތްތެރިން ތިބި ވާހަކައެވެ. އަލްޙަމްދުލިއްލާހިއެވެ. ރަނގަޅު ރަޙުމަތްތެރިންނަކީ އެންމެނަށް ލިބޭ ނިއުމަތެއް ނޫނެވެ. އެމަނިކުފާނުގެ އެކުވެރިން އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންނަށް އެކަނި ‘ހަދިޔާ’ ކުރެއްވި ޢަދަދުވެސް 100 މިލިއަނުން މައްޗެވެ. އެއީ ހެޔޮހިތުން ދޭ ހަދިޔާއެވެ. އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެ ނަސީބާމެދު ބަޔަކު ހަސަދަވެރިވިޔަސް އަޅުގަނޑުގެ ހިތުގައި އެފަދަ ހަސަދައެއް …

އިތުރަށް ވިދާޅުވުމަށް

ވޯޓު ދޭންވީ ކޮން ކެންޑިޑޭޓަކަށް؟

މޫސުން ފެށިއްޖެއެވެ. ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތްކުރާ ހިތުން ނުކުމެ ތިބި އެތައް ބަޔެކެވެ. އަތުން ކިތަންމެ ބޮޑު ހޭދައެއް ކޮށްގެން ވިޔަސް، ކޮންމެ ފަދަ ޤުރުބާނީއެއް ވެގެން ވިޔަސް ރައްޔިތުންނަށް ޚިދުމަތްކުރަން އަތުކުރި އޮޅާލައިގެން ތިބި ‘އިޚްލާސްތެރިންގެ’ ބިޔަ ޖަމާޢަތެކެވެ. އެއްވެސް މީހަކަށް އޮޅިފައި ނޯންނާނޭ ފަދައިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އެދޭ އެންމެންނަކީ އެ ވިދާޅުވާ އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތެއް ކޮށްދޭން މަސައްކަތްކުރާ …

އިތުރަށް ވިދާޅުވުމަށް

އެ އުސޫލުގެ ބޭނުމަކީ ކޮބާ؟

ދައުލަތުން އެކި ކަންކަމުގައި ޢަމަލުކުރާ އުސޫލުތަކުގެ ސަބަބާމެދު ސުވާލުކޮށްލަންވެސް ނުކެރުނު ދުވަސްތަކެއް ވެއަތުވެއްޖެއެވެ. ދިއުޅި އެއްނުވާ ލައްކަ އުސޫލުތަކެއް ދައުލަތުގެ އެތެރޭގައި އަށަގެންފައި އެބަހުއްޓެވެ. އޭރު ޢަމަލުކުރަމުންދިޔަ ބައެއް އުސޫލުތައް މި ސަރުކާރަށްވެސް ވަނީ ވާރުތަވެފައެވެ. ހަމަ ފެނިވަޑައިގަތީމާ ޢަމަލުކުރާ އުސޫލުތަކެކެވެ. އެކަން އެހެން އޮންނަ، ނުވަތަ އޮންނަންޖެހޭ ސަބަބެއް ބުނެދެވޭ އެކަކުވެސް އެއިން އިދާރާއަކު ނުހުރެއެވެ. އެންމެ ތިލަކޮށްވެސް ލިބޭ ޖަވާބަކީ ‘އެއީ އަޅުގަނޑުމެންނަށް އަންގާފައި އޮންނަ ގޮތް’ …

އިތުރަށް ވިދާޅުވުމަށް

ޢަދުލުއިންސާފުގެ ދާއިރާ ހަރުދަނާކުރަން ކުރެވިދާނޭ ދެތިން ކަމެއް!

ޝައްކެއްވެސްނެތި އެއްބަސްވާންޖެހޭ ޙަޤީޤަތަކީ ރާއްޖޭގެ ޖުޑީޝަރީއަށް ޢާންމު ރައްޔިތުންގެ އިތުބާރު ނެތްކަމެވެ. އެކަން އެހެން މެދުވެރިވީ ވަރަށް ގިނަ ސަބަބުތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. ވިސްނުމާއި، ވަސީލަތްތައް ތަރައްޤީވެފައިވާ މި ޒަމާނުގައި ޙައްލުނުކުރެވޭނޭ މައްސަލައެއް ނޯންނާނެއެވެ. ބޭނުންވާނީ ޙައްލުކުރުމުގެ ތެދުވެރި ނިޔަތެވެ. ދިވެހިރާއްޖޭގެ ޖުޑީޝަރީ އިސްލާޙްކުރުމަށްޓަކައި ޖުޑީޝަރީގައި ނަންހިނގާ ހުރިހާ ފަނޑިޔާރުން އެކަހެރިކޮށް ބޭރުކޮށްލުމަކީ ކޮންމެހެން މުހިންމުކަމެއް ނޫނެވެ. އަޅުގަނޑުވެސް ވަރަށް ހިތްހަމަނުޖެހޭ ކަންކަން ކޮށްފައިތިބި ފަނޑިޔާރުން އެތަނުގައި އެބަ ތިއްބެވެ. …

އިތުރަށް ވިދާޅުވުމަށް

ރާއްޖެޓީވީ ސަސްޕެންޑުކުރުން

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ އިމުގައި ދިނުމަށް ޤާނޫނުއަސާސީއިން އޮތީ ލާޒިމުކޮށްފައެވެ. ދައުލަތުގެ ހުރިހާ ބާރުތަކުންވެސް އެކަމަށް އެއްބަހެވެ. ހުރިހާ ބާރަކުންވެސް، އެ ޙައްޤު ދިނުމަށް އަމުރުކޮށް ވަކާލާތު ކުރެއެވެ. އެހެންނަމަވެސް، ދައުލަތުގެ ހުރިހާ ބާރަކުންވެސް އަބަދުވެސް އެ ޙައްޤުދެނީ، އަދި ދޭން އެއްބަސްވަނީވެސް އެ ފާޅުކުރާ ޚިޔާލަކީ ތައުރީފުކޮށް ފާޅުކުރާ ޚިޔާލަކަށް ވާނަމައެވެ. ރަނގަޅެވެ. އޭރުންވެސް އެ ފާޅުކުރެވެނީ ޚިޔާލެއް ނޫންތޯއެވެ. ޚިޔާލު ފާޅުކުރުމަކީ ކޮންމެހެން …

އިތުރަށް ވިދާޅުވުމަށް