ވަގުތަކީ ބަދަލުވާނޭ އެއްޗެކެވެ.

         ކިތަންމެ ތިމާގެ މަތިވެރިނަން، އަރާ ހުއްޓަސް ދުވަސްކޮޅަކުން،       …. ކިތަންމެ ނިވާ ތަނެއްގައިވެސް ނަސީބުގެ ބައްތި ނިވިދާނޭ މި މައުޟޫޢުގައި ހުރި ޅެންތައް ގިނައެވެ. އަޅުގަނޑު މި ނަކަލުކޮށްލީ އެންމެ ބައިތެކެވެ. ވިސްނާންތިބި ބަޔަކަށް މި މިންވަރުން ފުދޭނޭކަމަށް ދެކެމެވެ. ޙާލަތާއި ވަގުތު ބަދަލުވަމުން ދިއުމަކީ އިންސާނިއްޔަތު އެ މައްޗަށް ޢިއްތިފާޤު މައްސަލައެކެވެ. އެއްކަމެއް އަަބަދު އެއްގޮތުގައި ދެމި ނުއޮތުން …

އިތުރަށް ވިދާޅުވުމަށް

ސަންދޯކަށް ޖަހާ ފަހު މޮހޮރު!

ހަނދާނަށް އަންނަނީ ކުރީގެ ރައީސް، އަލްމަރުޙޫމް އިބްރާހީމް ނާސިރު، ވެރިކަމުގެ ޒިންމާތަކުން ވަކިވެވަޑައިގަންނަވަން ނިންމަވާފައިވާކަން އަންގަވައި، 16 ޖުލައި 1971 ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފޮނުއްވި ސިޓީފުޅު ނިންމަމުން ވިދާޅުވެފައިވާ އިބާރާތެކެވެ. އިބްރާހީމް ނާސިރު އެ ސިޓީފުޅުގައި ވިދާޅުވެފައި އޮވެއެވެ. “ޝައްކެއް ނެތެވެ. އެއްވެސް މީހަކީ ދުނިޔޭގައި އަބަދު ހުންނާނޭ މީހެއް ނޫނެވެ. އަދި އެއްވެސް މަޤާމަކީ އަބަދު އެކަކަށްޓަކައި ކަނޑައެޅިފައި އޮންނާނޭ މަޤާމެއްވެސް ނޫނެވެ.” މި ބަސްފުޅުގެ …

އިތުރަށް ވިދާޅުވުމަށް

އިންސާފުވެރި ޝަރީޢަތަކަށް ޢުއްމީދުކުރުން

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފަށް އިޢުލާނުކުރެވުނު ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން، ސަރުކާރުން ފަތުރާލި ދަލުގައި ޖެހުނު ކުދި މަސްތައް ދޫކޮށް، ބޮޑެތި މަސްތައް ލާނޭ ޖަގަހަތައް ކަނޑައެޅުމުގެ އިޖުރާއަތުތައް މާރޗް މަހުގެ 20، 21، 22 މި ތިން ދުވަހު ކުރިމިނަލް ކޯޓުގައި ހިންގުނެވެ. މީގެ ތެރެއިން 3 މަޖިލީހެއްގައި ޖުމުލަ 9 ގަޑިއިރު، ކުރިމިނަލް ކޯޓުގެ ޝަރީޢަތްކުރާ ކޮޓަރީގައި އަޅުގަނޑުވެސް ހޭދަކުރީމެވެ. ލައްކަ މަންޒަރެއް ފެނުނެވެ. ޤާނޫނުއަސާސީގެ ހަމަތައް …

އިތުރަށް ވިދާޅުވުމަށް

ލަފާކުރުންތަކެއް!

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގައި މިދިޔައީ ކުރިން ތަސައްވުރުވެސް ކޮށްފައިނުވާ ކަންކަމެވެ. ސުޕްރީމް ކޯޓުން 1 ފެބުރުއަރީ 2018 ދުވަހު ނެރުނު އަމުރު ތަންފީޛުނުކުރުމަށްޓަކައި ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފާނޭކަމަށް އޮތީ ލަފާކުރެވިފައެވެ. އެހެންނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ޤަރާރުގައި ޤާނޫނުއަސާސީގެ 145 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާ ހިމަނައި، ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލައި ފަނޑިޔާރުން ހައްޔަރުކުރުންފަދަ ޣައިރު ޤާނޫނީ ކަންތައްތަކެއް …

އިތުރަށް ވިދާޅުވުމަށް

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާއި އޭގެ ބޭނުން

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ މާނައަކީ ސަރުކާރަކަށް ޢާންމު ގޮތެއްގައި ކުރުން ހުއްދަވެގެން ނުވާ ކަންތައްތަކެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް ކުރުމުގެ ޤާނޫނީ ހުއްދަ ލިބޭ ފަދަ ޙާލަތެއް އުފެއްދުމެވެ. ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނުކުރުމުގައިއާއި، އެ މުއްދަތުގެ ތެރޭގައި ޢަމަލުކުރަމުން ގެންދާނޭ ގޮތް ވަރަށް ގިނަ ޤައުމުތަކުގައި ވަނީ ޤާނޫނުގައި ތަފްޞީލުކޮށްފައެވެ. އެފަދަ ތަފްސީލު ޤާނޫނެއް ދިވެހިރާއްޖެއަކު ނެތެވެ. އޮތީ ޤާނޫނުއަސާސީގެ 11 ވަނަ ބާބުގައި އޮތް 8 …

އިތުރަށް ވިދާޅުވުމަށް

ތިޔަ ވިދާޅުވެވުނީ ކަން އޮތްގޮތުގެ ދިމާ އިދިކޮޅެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ ދިވެހިރާއްޖޭގައި ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ކަމަށެވެ. އެކަން ތަފްޞީލުކޮށްދީފައިވަނީ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ށ) ގައި އޮންނަނީ ޢަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓު ކަމުގައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ޢައްޔަނުކުރެވޭ ފަރާތްތަކަކީވެސް ޢާންމު އިންސާނުންކަމާއި، އެ ފަނޑިޔާރުންނަށްވެސް ރަނގަޅު ނޫންކަމެއް ކުރެވިދާނޭކަން ޤާނޫނުއަސާސީ އެކުލަވާލި މަޖިލީހުން …

އިތުރަށް ވިދާޅުވުމަށް

އެކެފަރަށް ބޯޓު އުރުމާއި، އެންދެރިމާގެ ބަލާފާސްކުރުމުގެ ކޯޓު އަމުރު

ރަސްމީ ލިޔުންތަކުގައި އުފަން ތާރީޚް ލިޔަން މިފެށުނީ ދާދި ފަހަކުންނެވެ. އެ އިންޤިލާބީ ބަދަލަށް އަދި ބައި ގަރުނު ނުވާނެއެވެ. އޭގެ ކުރިން އުފަން ތާރީޚު ބަލަނީ ބޮޑު ހާދިސާއެއް ހިނގައިދިޔަ ދުވަސްވަރާ ގުޅުވާފައެވެ. މިގޮތަށް އެންމެ ޢާންމުކޮށް ކިޔައި އުޅުނީ “އެކަފަރު” ބޯޓާ ގުޅުވައިގެންނެވެ. މިސާލަކަށް، “އަހަރެން އުފަންވީ އެކަފަރު ބޯޓު އުރުނު އަހަރުގެ ކުރީގެ އަހަރު” ފަދަ ގޮތްގޮތަށެވެ. އެކަފަރު ބޯޓަކީ ހުވަދު އަތޮޅު މާމުޓާ ކައިރީގައި …

އިތުރަށް ވިދާޅުވުމަށް

ރޭޕް ކުރެވުނު ކުއްޖާއަށް 100 އެތިފަހަރުން ޒިނޭގެ ޙައްދު

ދުވަސްވަރަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުފެދުމުގެ ކުރިން، ސުމުއްވުލްޢަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަންހެނުން ބާރުވެރިކުރުވުމުގެ ސިޔާސަތެއް އެކަށައަޅުއްވައި ތަންފީޛްކުރައްވަމުން ގެންދެވި ދުވަސްވަރެވެ. މުޙައްމަދު ޢަމީން ގެންދެވީ ރާއްޖޭގެ އެކި ރަށްތަކުން އަންހެން ކުދިން މާލެ ގެންނަވައި،  އެކުދިންނަށް ތަޢުލީމު އުނގަންނަވައި ދެއްވަމުންނެވެ. އެމަނިކުފާނު މިކަން ކުރެއްވުމުގެ ނިޔަތާމެދު ތާރީޚީ ބައެއް ލިޔުންތެރިން ސުވާލު އުފައްދަވާފައި އެބަހުއްޓެވެ. މުޙައްމަދު ޢަމީންއަކީ އަންހެން ކުދިންގެ ތަޢުލީމުގެ ބާނީކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމާމެދުވެސް …

އިތުރަށް ވިދާޅުވުމަށް

މަނީ ލޯންޑްެރިންގ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ވަކީލުންގެ ޒިންމާ!

ރާއްޖޭގައި ޤާނޫނީ ވަކީލުންނަކީ ސަނަދު ލިބޭ ތާރީޚުން ފެށިގެން ޤާނޫނުގެ ހުރިހާ ދާއިރާއެއްގެ މާހިރުންނެވެ. ވަކި ދާއިރާއަކަށް ޚާއްސަވެގެން މަސައްކަތްކުރަނީ ވަރަށް މަދު ވަކީލެކެވެ. “ޖިނާއީ، މަދަނީ މައްސަލަތަކުގައި ވަކާލާތުކުރުމާއި، ވަރި ކައިވެނީގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެގްރީމެންޓް ހަދައިދިނުމުގެ މަސައްކަތް” ކޮށްދޭކަމަށް އެކި ވެބްސައިޓުތަކުގައި އިޝްތިހާރުކޮށްފައި ހުރެއެވެ. ބައެއް ވަކީލުންގެ ޚިދުމަތް “ރިލޯޑް އަދި ރާސްޓަސް” ކޮށްދިނުމާ ހަމައަށްވެސް ފުޅާކުރެވިފައިވާތީ ފެނެއެވެ. ޤާނޫނީ ވަކީލުކަމުގެ މަސައްކަތަކީ މުޖުތަމަޢުގެ ޢާންމު ގިންތިއަށްވުރެ …

އިތުރަށް ވިދާޅުވުމަށް

ޤާނޫނުގެ މާއްދާތައް ތަރުތީބުކުރުން – ކާކުގެ ޒިންމާއެއް؟

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާގައި އޮންނަނީ ކީކޭތޯ ސުވާލުކޮށްފިނަމަ އެއްބަޔަކު ޖަވާބުދޭނީ އެ މާއްދާގައި އޮންނަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދޭންޖެހޭ ވާހަކަ ކަމަށެވެ. އެއީ ޤާނޫނު ނަންބަރު 4/2013، ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބައްލަވާ ބޭފުޅުން ދެއްވާނޭ ޖަވާބެވެ. އެހެންނަމަވެސް ޤާނޫނު ނަންބަރު 28/2016، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާގައި އޮންނަނީ ޕްރައިމަރީއެއްގައި ވާދަކޮށްފި ކެނޑިޑޭޓަކަށް އެނޫން …

އިތުރަށް ވިދާޅުވުމަށް