ބޮޑުމޮހޮރާ މައްސަލާގައި ކަންހިނގާފައިވާ ގޮތާއި، ސުޕްރީމް ކޯޓުގެ ކޯފާ

ރުޅިއައިމާ ރުޅިއަންނަ މީހާއަށް “ހޭއަރުވާލުމަކީ” ތަހުޒީބާ ދުރު ގޮތެކެވެ. “ޑަޑަންޑަން” ކިޔާފައި ނިންމުންތައް ނިންމުމަކީ އަމުދުން ޢަދުލުއިންސާފާ ނުބައްދަލު ވައްޓަފާޅިއެކެވެ. މިއީ އަޅުގަނޑުމެންގެ އެކަކުވެސް ދެބަސްވާ ކަމެއް ނޫނެވެ. އެހެންނަމަވެސް ރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފުލުފުލުގައި ނެރުނު ދެ އަމުރުން އަޅުގަނޑަށް އިޙްސާސްވީ ކޮންމެވެސް އަޑިނޭނގޭ ކަންތައްތަކެއް މެދުވެރިވެގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިންތިހާއަށް ކޯފާވެއްޖެކަމެވެ. ކޯފާގެ ޝިކާރަޔަކަށް މިފަހަރުވީ އެބޭފުޅުންގެ ނުހަނު ބޮޑު ތާޢީދާއެކު ފަނޑިޔާރުކަމަށް ޢައްޔަނުކުރެވުނުކަމަށް …

އިތުރަށް ވިދާޅުވުމަށް

ބޮޑުމޮހޮރާގެ ސުންޕާކަން ހަމަ ބޮޑީއެވެ.

ބޮޑުމޮހޮރާއަކީ ވ.އަތޮޅު ފޮއްތެޔޮ ފަޅު ހިއްކައިގެން 144 ހެކްޓަރުގެ ބިން ލިބޭ ގޮތަށް ރަށެއް އުފެއްފުމަށް ސަރުކާރުން ހިންގި މަޝްރޫޢުއެއްގެ ދަށުން ފެންމަތިވެފައިވާ ރަށެކެވެ. މިއީ މުޅި ވ.އަތޮޅުގެ އާބާދީ އެއްފަސްކުރުމުގެ މަޝްރޫޢުއެއްކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ. ވ.ރަކީދޫ، ވ.ތިނަދޫ އަދި ވ.ކެޔޮދޫއަކީ އިތުރު ރަށެއްގެ އާބާދީއެއް އެއްފަސްކުރުމަށް ޖާގަހުރި ނުވަތަ ހިއްކައިގެން ބޮޑުކުރެވޭނެ ރަށްރަށަށް ނުވުމާއެކު ސަރުކާރުން އޭރު ނިންމަވާފައިވަނީ މި އާބާދީތައް އެއްފަސްކުރުމަށްޓަކައި ވ.ބޮޑުމޮހޮރާގެ ފަރުގެ ދެކުނުކޮޅުގައި …

އިތުރަށް ވިދާޅުވުމަށް

ފެނިވަޑައިގަންނަވާ ގޮތަކަށް ޢަމަލުކުރުމުގެ ޤާނޫނު

ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވާ އިޢުލާނު ވިދާޅުވާށެވެ. އެ ލިޔުމުގެ ތާރީޚަކީ 18 ފެބްރުއަރީ 1959 އެވެ. ‘ފްރެންޗް ލެދަރު’ ގެނައުމާއި ގެންގުޅުން މަނާކަމަށް ކަނޑައަޅައި، އެފަދަ އެއްޗެއް ގެނައި ނުވަތަ ގެންގުޅުނު މީހަކާމެދު އެޅޭނޭ ފިޔަވަޅު ބަޔާންކުރާ އިޢުލާނެވެ. އޭރުގެ ގޮތުންނަމަ މިއީ ޤާނޫނެކެވެ. ފިޔަވަޅެއްގެ ގޮތުގައި އޮތީ ވުޒާރަތުއްދާޚިލިއްޔާއަށް ފެންނަ ގޮތެއްގެ މަތީން ޢަމަލުކުރެވޭނޭކަމަށެވެ. އެއީ އަދަގޮނޑި ޖެހުންތޯ، ހައްދު ޖެހުންތޯ، އަރުވާލުންތޯ، ނުވަތަ ބުރިން ހަން ނެގުންތޯ، …

އިތުރަށް ވިދާޅުވުމަށް

ޙައްޤު ބަސް ބުނުމަށް ވަކީލުން ފަސްޖެހެނީ ކީއްވެ؟

ޤާނޫނީ ވަކީލުކަމަކީ މުޖުތަމަޢުގައި ޝަރަފްވެރި ވަޒީފާއެކެވެ. އެބައިމީހުންނަކީ ‘ދަންނަ’ ބައެއް ކަމުގައި މުޖުތަމަޢުގެ ގިނަ ފަރުދުން ދެކެއެވެ. ޢަދުލުއިންސާފުގެ ދާއިރާގެ އިތުބާރު ކުޑަވެގެންދާ ދަނޑިވަޅުތަކުގައި އެކަމާމެދު ޤާނޫނީ ވަކީލުން ބަސް ބުނަންޖެހޭކަމަށް ޢާންމު އަފްރާދުން ޤަބޫލުކުރާ ސަބަބަކީ އެއީ ކަމަށް ވެދާނެއެވެ. ޤާނޫނީ ވަކީލުން ހިމޭނުން ތިބުމަކީ ގޯހެއްކަމަށް މީހުން ދެކުމަކީ، ޤާނޫނީ ވަކީލުންގެ ބަސް މުޖުތަމަޢުގައި ވިކޭކަން ދަލާލަތުކޮށްދޭ ކަމެކެވެ. ދައުލަތެއް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ކޮންމެ …

އިތުރަށް ވިދާޅުވުމަށް

4 ޙާލަތު؛ 8 ރަޢުޔު

ޤިޔާސް ކުރުމާ ގުޅޭ ޤާނޫނީ އުސޫލުތަކުގައި، އަސްލެއްގެ ގޮތުގައި ބޭނުންކުރަނީ، Stare Decisis އެވެ. ލެޓިން އަށް އަސްލު ނިސްބަތްވާ، މިމަބްދަޢުގެ އިނގިރޭސި ތަރުޖަމާއަކީ stay with what has been decided އެވެ. ޤާނޫނުގެ ދާއިރާގައި، މިމަބްދަޢުގެ ތަފްސީރަކީ، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތައް، އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން އެބާވަތުގެ ވަޤާއިޢުތައް ހިމެނޭ މައްސަލަތައް ނިންމުމުގައި ޤިޔާސް ކުރަންވާނޭކަމެވެ. ކުރިން ނިންމާފައިވާ މައްސަލަތައް ފަހުން އަންނަ …

އިތުރަށް ވިދާޅުވުމަށް

ސުޕްރީމް ކޯޓުން ކުރީ ޤާނޫނާ ޚިލާފް އަމުރެއް!!

ދިވެހިރާއްޖޭގައި ޢަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމްކޯޓެވެ. ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި މި ޢިބާރާތް އޮތުމުން މިކަމާ ދެބަސްވުމުގެ ޖާގައެއް ނެތެވެ. އެހެންނަމަވެސް، ޤާނޫނުއަސާސީގައި ޢަދުލުއިންސާފު ޤާއިމުކުރުމާ ކޯޓުތަކާ ގުޅޭ ގޮތުން އޮތީ އެމާއްދާ އެކަންޏެއް ނޫނެވެ. ދުސްތޫރީ މައްސަލަތަކުގައި ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުން މައްސަލަ ބެލުމަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވާ ބާރެއްކަން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާއި، 144 ވަނަ މާއްދާއަށް ބެލުމުން …

އިތުރަށް ވިދާޅުވުމަށް

ސުޕްރީމްކޯޓުން އެހެންވެސް ބުނި! މިހެންވެސް ބުނި!

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަޢުވާކޮށް ކުރެވުނު ޙުކުމަކީ ޤާނޫނީ ގޮތުން އެއްވެސް މައްސަލައެއް ނެތް ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިވަނީ ނިންމާފައެވެ. އެހެންކަމުން އެ ޙުކުމްގެ ސައްޙަކަމާމެދު އަޅުގަނޑުވެސް ސުވާލެއް އުފައްދާކަށް ނެތީމެވެ. އެހެންނަމަވެސް، އެމައްސަލައިގައި ކަންހިނގާފައިވާ ގޮތާއި، ޙާލަތު އެއްގޮތް އެހެން މައްސަލަތަކުގައި އެއާ ޚިލާފު ނިންމުންތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާތީ، ރަނގަޅު ގޮތަކީ ކޮބައިކަމާމެދު ސުވާލުއުފެދެއެވެ. މި ލިޔުމުގައި މި …

އިތުރަށް ވިދާޅުވުމަށް

ފަނޑިޔާރުގޭގެ ވާހަކަ (1)

މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޯޓުގެ ނިންމުންތަކާމެދު ޢިލްމީ ގޮތުން ޚިޔާލު ފާޅުކުރުމަށްޓަކައި ސިލްސިލާ ގޮތުން ކުރިއަށް ގެންދިއުމަށް އަޅުގަނޑު ފަށާ ކޮލަމްއެކެވެ. ފަނޑިޔާރުގޭގެ ވާހަކައަކީ ދައްކަންޖެހޭ ވާހަކައެކެވެ. “ގާތުން ބޮލިކޮއްޓެއެއް ދީގެން ނަމަވެސް ފަނޑިޔާރުގެއަށް ނުގޮސްވޭތޯ ބަލާށޭ” ދިވެހި ކާބަފައިން އިއްވާފައިވާ ހަރުބަހާމެދު ފުންކޮށް ވިސްނަވާށެވެ. އެ ނަސޭޙަތް އިހަށް ހަނދާން ނައްތާލާފައި އޮތް ނަމަވެސް، މިއަދުގެ ކޮންމެ ދުވަހެއް ނިމިދަނީ އެ ޢިބްރަތްތެރި ނަސޭޙަތުގެ ތެދުކަން ހާމަކުރަމުންނެވެ. …

އިތުރަށް ވިދާޅުވުމަށް

އިންސާފުވެރި ޝަރީޢަތް

މުއްސަނދި ސައުދާގަރަކު އެސަހަރުގެ ފަގީރު ކޮޔާ ދެކޮޅަށް ފަނޑިޔާރުގޭގައި ދަޢުވާ އުފުލިއެވެ. ސައުދާގަރު ކައްކަމުން ގެންދިޔަ ސުރުވާގެ ވަސް، އެއްވެސް ހުއްދައެއްނެތި ވަގަށް ނަގާފައިވާތީ ކުޅަ ދަޢުވާއެކެވެ. ޝަރީޢަތުގައި ދަޢުވާ އިއްވަމުން ސައުދާގަރު ބުންޏެވެ. މި ސަހަރުގެ ރަށްބޭރުގައިވާ އަހުރެންގެ ފޭލިގޭގައި ސުރުވާއެއް ތައްޔާރުކުރަމުން ދިޔަ ވަގުތު މީނާ އަހުރެންގެ ހުއްދައެއް ހޯދުމެއްނެތި ވައިޖެހޭ ފަރާތުގައި ހުރެ ވަޔާއެކުވެގެން ދިޔަ އަހުރެންގެ ސުރުވާގެ ވަސް ބަލައި ވަހުން ވައްކަންކޮށްފިއެވެ. އެކަމުގެ …

އިތުރަށް ވިދާޅުވުމަށް

ނުބެހޭ ކަންތައްތަކާ ބެހުން

ހަރުބަހެއްގައި ކިޔައެވެ. ތިމާޔާ ނުބެހޭ ކަމަކާ ކާޅުކެޔަސް ސޮއް ނުވާށެވެ. މި ހަރުބަސް ދިވެހި ބަހުގެ ރަދީފްގައި ތަފްޞީލުކޮށްދީފައިވަނީ “ތިމާޔާ ނުބެހޭ ކަމެއް ބަޔަކު މީހުން ނުވަތަ މީހަކު ކުރަމުންދާއިރު އެކަމުން ކިތަންމެ ބޮޑު ގެއްލުމެއް ވަމުން ދިޔަޔަސް އެކަމާ ތިމާ ނުބެހުމަށް ނަސޭޙަތްތެރިވުމުގެ ގޮތުން ބުނެ އުޅޭ ބަހެއް” މިހެންނެވެ. މިއީ އަޅުގަނޑަށް ވަރަށް ގިނައިން ލިބެމުންދާ ނަސޭޙަތެކެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު ޤާނޫނުގެ އިޖުރާއަތުން ބޭރުން ޝަރީޢަތެއް …

އިތުރަށް ވިދާޅުވުމަށް