އުއްތަމަ ފަނޑިޔާރު ދެއްކެވި ބޮޑު މަންޒަރު

ސިޔާސީ ކަންކަމުގައި ގޮތް ނިންމާ އެންމެ މުހިންމު އުންސުރަކީ ރައްޔިތުންގެ ތާއީދެވެ. ގިނަ މީހުން ތާއީދުކުރާ ކޮޅަކަށް ތާއީދުކުރާ މީހުން އަނެއްކާވެސް އިތުރުވެއެވެ. ސިޔާސީ ޕާޓީތަކުން އެދައްކަނީ އެމަންޒަރެވެ. ޖަލްސާތަކާއި ސިޔާސީ މުޒާހަރާތަކަށް އެއްވާ މީހުންގެ ޢަދަދުގެ ވާހަކައިން ތާއީދު ވަޒަންކުރުމަކީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް ކަން އޮތްގޮތެވެ. ފައިސާ ދީގެންނާއި، ވަޒީފާގެ ބިރު ދައްކައިގެން ސިޔާސީ އެއްވުންތަކަށް ބޯގިނަ ކުރުމަކީ ސިޔާސީ މީހުން ކުޅޭ ކުޅިއެކޭ ކިޔާތީ އިވެއެވެ. …

އިތުރަށް ވިދާޅުވުމަށް

ޕެޓިޝަން

ޕެޓިޝަންއޭ ކިޔަނީ ކަނޑައެޅޭ ވަކި ޚާއްސަ މަޤުސަދެއް ހާސިލުކުރުމަށް، ގިނަ ބަޔަކު ސޮއިކޮށް ރަސްމީ ފަރާތަކަށް ހުށަހަޅާ އިލްތިމާސަށެވެ. ފައިސާ ހޯދުމަށް ކުރާ ދަޢުވާ ފިޔަވައި، ވަކި ކަމަށް އަމުރުކޮށްދިނުން އެދި، ނުވަތަ ވަކިކަމެއް ހުއްޓުވުމަށް ނުވަތަ މަޑު ޖައްސާލަ ދިނުމުގެ އަމުރަކަށްއެދި މަދަނީ މައްސަލައެއްގައި ކޯޓަަށް ހުށަހަޅާ ހުށަހެޅުމަށްވެސް އިނގިރޭސި ޤާނޫނީ ބަހުރުވައިގައި ޕެޓިޝަންއޭ ކިޔައެވެ. މި ލިޔުމުގައި މި ބަލާލަނީ ޕެޓިޝަންގެ ޢާންމު ތައުރީފާއި، އޭގެ ތާރީޚާއި، …

އިތުރަށް ވިދާޅުވުމަށް

ޤާސިމް އިބްރާހީމްގެ މައްޗަށް ކުރި ޙުކުމާމެދު ވިސްނާއިރު…

ދިވެހިރާއްޖޭގެ ޝަރުއީ ކޯޓަކުން ހުކުމެއް ކުރީމާ އެ ޙުކުމް ސައްޙަނޫންކަމަށް ބުނެ ވާހަކަ ދެއްކުމަކީ އަޅުގަނޑު ކުރާނޭ ކަމެއް ނޫނެވެ. އަދި ދިވެހިރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރަކު އިންނަވައިގެން ކުރާ ހުކުމެއް ރަނގަޅުނޫންކަމަށް ބުނުމުގެ އެ ޢިލްމީ ޤާބިލުކަން އަޅުގަނޑުގެ ކިބައިގަން ހުރިކަމަށް ދަޢުވާއެއްވެސް ނުކުރަމެވެ. އެހެންނަމަވެސް، ދިރާސީ ނަޒަރަކުން މިފަދަ ޙުކުމްތަކާމެދު ވިސްނުމަކީ އަޅުގަނޑު ކުރާ ކަމެކެވެ. ޤާސިމް އިބްރާހީމްގެ މައްޗަށް ކުރެވުނު ޝަރީޢަތަކީ ތަފާތު ސިފަތަކެއް ހިމެނޭ ޝަރީޢަތެކެވެ. …

އިތުރަށް ވިދާޅުވުމަށް

އެ ބެނީ ކިޔަންކާއު؟

“ޝަރީޢަތަށް ހުށަހެޅޭ މައްސަލަތައް ހުށަހެޅެނީ ދެފަރާތެއްގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުމެއް ނުވަތަ ޚުޞޫމަތަކާގުޅިގެން އިތުރު ދެބަސްވުމަކަށް މަގުފަހިކުރުމެއް ނެތި، އަދި އެއްވެސް އޮޅުމެއްނާރާގޮތަކަށް، އެ ދެބަސްވުމަށް ނިމުމެއް ގެނެވޭނޭ އަދި ފައިސަލާކުރަނިވި ޙުކުމެއް ލިބިގަތުމުގެ މުހިންމު ބޭނުމުގައި” ކަމަށް ބުނީ އަޅުގަނޑެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-RU/01 ރޫލިންގ ގައި އެ ކޯޓުގެ ޢިއްޒަތްތެރި ފަނޑިޔާރުން ވިދާޅުވެފައިވާ ބަސްފުޅެކެވެ. ކަމުގެ ބޮޑުކަމުން ހަމައެކަނި މިވަރުން އެ …

އިތުރަށް ވިދާޅުވުމަށް

ޢަދުލުއިންސާފު ޤާއިމުކުރުމުގައި ޤާނޫނީ ވަކީލުންގެ ދަޢުރު

ނަމުގެ ކުރިއަށް އަލްއުސްތާޛް ނުވަތަ އަލްއުސްތާޛާ ޖަހާލައިގެން އެކަމާ ފަޚުރުވެރިވެފައިތިބި ފަނަރަ ސަތޭކައަށްވުރެ މަދުނޫން ޢަދަދެއްގެ ވަކީލުން މިކުޑަކުޑަ ރާއްޖޭގައި އެބައުޅެއެވެ. މީގެ ތެރެއިން 20 އިންސައްތަ މިހާރު ނިޔާކަނޑައެޅުމާ ޙަވާލުވެގެންތިބިއިރު ގާތްގަނޑަކަށް 60 އިންސައްތަ އުޅެނީ ދައުލަތުގެ ވަޒީފާތަކުގައެވެ. ކޯޓަށް ގޮސް ވަކާލާތުކުރާ އުޅެނީ ވަކީލުންގެ އާބާދީގެ 40 އިންސައްތަ ވަރެވެ. އަޅުގަނޑު ކުރިއަށް ދާނީ ޤާނޫނީ ވަކީލެއްގެ ގޮތުގައޭ އަޅުގަނޑު ފުރަތަމަ ފަހަރަށް ބުނިއިރު ޢުމުރުން ވާނީ …

އިތުރަށް ވިދާޅުވުމަށް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލަކުން ޢަމަލުކުރުމުގެ ޤާނޫނު ތަންފީޒްކުރުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ދަޢުރު

ޤާނޫނުގެ ބޭނުމަކީ އިންސާފު ޤާއިމުކުރެވުމެވެ. ޖިނާއީ ޤާނޫނުތަކުގެ ބޭނުމަކީ އަނިޔާ ލިބުނު މީހާގެ ޙައްޤުތައް ދިފާޢުކުރުމާއެކު އޭނާއަށް އިންސާފު ހޯދައިދީ މުޖުތަމަޢުއަށް ޢިބްރަތަކަށް ވާނޭ ފިލާވަޅެއް ޤާއިމުކުރުމަށެވެ. މިއީ ޢުޤޫބާތް ކަނޑައެޅުމުގެ ޢިލްމުގެ ވަރަށް އަސާސީ އެއް ނަޟަރިއްޔާއެވެ. ރާއްޖޭގައި ޢަމަލުކުރަމުން ގެންދާ ބައެއް ޤާނޫނުތަކާއި، އެ ޤާނޫނުގެ ދަށުން ދެވޭ އަދަބުތަކަށް ބެލުމުން ޙަޤީޤަތުގައިވެސް މި ޤާއިމުކުރެވުނީ އިންސާފުތޯ ސުވާލުއުފެދެއެވެ. ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ …

އިތުރަށް ވިދާޅުވުމަށް

ޤަދީމީ ރޫމުގެ ބައެއް ޤާނޫނުތަކާއި، އަދަބުތައް (1)

  Valerius Maximus  އޭނާގެ ފޮތް Memorable Deeds and Sayings ގައި ބުނެފައިވެއެވެ. ޤާނޫނާ މަކުނުވަލަކާ މާބޮޑު ތަފާތެއް ނެތެވެ. ކުޑަ އެއްޗެއް ވިއްޔާ އޭގައި ޖެހެއެވެ. ބޮޑު، ބާރުގަދަ އެތި މަކުނުވާ ފޫއަޅުވާލާފައި ސަލާމަތްވެއެވެ. މިއީ އަދި މިއަދާ ހަމައަށްވެސް ކުޑަ ތަފާތުތަކަކާ އެކުނަމަވެސް ފެންނަމުންދާ ޙަޤީޤަތެވެ. ރާއްޖެއެއް އޮޅުދޫކަރައެއް، ސީނުކަރައެއް ކިޔާނެކަމެއް ނެތެވެ. ވަރުހުރީ ވަނާޖުބޭސާއަކު ނޫނެވެ. ފައިސާގައެވެ. ޤަދީމީ ރޯމުގެ ޤާނޫނުތައް Valerius Maximus …

އިތުރަށް ވިދާޅުވުމަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޙަޤީޤަތް ސާފުވާންޖެހެއެވެ.

ސިޔާސީ އިދިކޮޅު ހަރަކާތް ފުޅާވެ، ސަރުކާރު ތެރެއިން ބޮޑު ފަޅި ވަކިވެ، އިދިކޮޅަށް އެރުމުން ސިޔާސީ ތަރާދަށް ވީގޮތް ބަލަންތިބި މީހުންނަށް ސާފުކޮށް ފެނުނެވެ. އެ ބަދަލާއެކު ސިޔާސީ އިސްލާޙް ގެނައުމުގެ ފުރަތަމަ މަސައްކަތެއްެ ގޮތުން ފެށުނީ ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމުގެ މަސައްކަތެވެ. މުޑުދާރު ގޮތަކަށް ފެއިލްކޮށްލި އެ ވޯޓަށް ފަހު، ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ ޙައްޤުގައި ރައްޔިތުންގެ މަޖިލީހުން ނިންމީ އަދި މާ މުޑުދާރު …

އިތުރަށް ވިދާޅުވުމަށް

ފުރާނައާއި ފުރާނަފުޅު!

ކޮންމެ އިންސާނަކަށް ލިބިގެންވާކަމަށް އަހަރުމެން އެންމެން އެއްބަސްވާ އެންމެ އަސާސީ ޙައްޤަކީ ދިރިހުރުމުގެ ޙައްޤެެވެ. އިސްތިސްނާއެއްނެތި ހުރިހާ އިންސާނުން އިއްތިފާޤުވާ އަނެއް ޙަޤީޤަތަކީ މަރެވެ. މަރާ ކުރިމަތިލާން ނުޖެހޭނޭ މީހަކު ނުހުންނާނެއެވެ. އެހެންނަމަވެސް މަރު ކުރިމަތިވަނީ އެހެން އިންސާނަކު ކުރާ ޢަމަލަކުން ކަމަށް ވެގެން ނުވާނޭކަމަށް ޤަބޫލުކުރާ ފަލްސަފާގެ ނަތީޖާއަކީ ދިރިހުރުމުގެ ޙައްޤު ކޮންމެ އިންސާނަކަށްމެ ލިބިގެންވާކަމަށް މުޅި އިންސާނިއްޔަތު އިއްތިފާޤުވުމެވެ. ވަކި ނަސްލެއްގެ ވަކި ފަންތިއެއްގެ މީހަކަށްވީތީ، ނުވަތަ …

އިތުރަށް ވިދާޅުވުމަށް

ސިޔާސީ ޤައިދީންނަކީ ކޮބާ؟

ފަންނީ ގޮތުން ބަލާއިރު، ސިޔާސީ ކުށްވެރިއެއް ނުވަތަ ޤައިދީ (Political Prisoner) އެއް ކަމަށް ބުނެވެނީ ސަރުކާރަށް ތާއީދުނުކުރުމުގެ ސަބަބުން، ނުވަތަ ސިޔާސީ ތަފާތު ވިސްނުމަކަށް ތާއީދުކުރުމުގެ ސަބަބުން، ނުވަތަ ސަރުކާރާ ދެކޮޅު ސިޔާސީ ވިސްނުމުގެ ޖަމާޢަތެއްގެ ބައިވެރިޔަކަށް ވުމުގެ ސަބަބުން ކުށްވެރިވެ، ޖަލަށް ލެވޭ މީހުންނަށެވެ. މިއީ އިނގިރޭސި ކެމްބްރިޖް ޑިކްޝަނަރީގައި އޮތް ސިޔާސީ ކުށްވެރިންގެ ތައާރަފެވެ. އަދި ޤާނޫނީ ރަދީފްގެ ޢާންމު ތަޢުރީފަކީ މިއެވެ. މި ތަޢާރަފަށް …

އިތުރަށް ވިދާޅުވުމަށް