ފަނޑިޔާރަކު ޚަސްމަކަށް މަލާމާތް ކުރުމަކީ ފަނޑިޔާރުގެ “ގަޓުކަން” ދައްކުވައިދޭ ކަމެއް ނޫން!

މައްސަލައެއްގައި ޝަރީޢަތަށް ހާޟިރުވާ ވަކީލު ނުވަތަ މައްސަލައިގައި ހިމެނޭ އަނެއް ޚަސްމު ދައްކާ ވާހަކަތަކަށް ފުރިހަމަ ރައްދެއް ދެވުމާއި، ރައްދު ދިނުމުގެ ތެރޭގައި އަނެއް ފަރާތުގެ ވަކީލު ކުޑަކޮށް ލަދުގަންނަވާލެވުމަކީ ކިހާ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއްކަން އެނގިވަޑައިގަންނަވާނީ ކޯޓުތަކަށް ވަޑައިގެން ވަކާލާތުކުރައްވާ ވަކީލުންނަށެވެ. ކޯޓަށް ވަޑައިގެންނެވި ޕާކިސްތާނު ތަޢުލީމުގެ ވަކީލަކު މައްސަލައާ ގުޅިގެން ދައްކަމުން ގެންދިޔަ ވާހަކައަށް ބާރު ދިނުމުގެ ގޮތުން ނިކަން ދިގުކޮށް އަރަބި ބަސްތަކެއް ބޭނުންކުރައްވަމުން …

އިތުރަށް ވިދާޅުވުމަށް

އަޅުގަނޑަށް ދިން ހަމަލާއާއި ދިވެހި ސަރުކާރު!

4 ސެޕްޓެމްބަރު 2015 ދުވަހުގެ ހަވީރުގެ ވަގުތެއްގައި އަޅުގަނޑަށް ދިން ހަމަލާއަށްފަހު، އޭގެ ދެދުވަސް ފަހުން އަޅުގަނޑަށް ބޭރު ތެރޭގެ ޚަބަރުތައް ލިބެން ފެށުމުން އަޅުގަނޑަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އަޅުގަނޑަށް ދީފައިވާ ހަމަލާއަކީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް ކަށަވަރުކަމާއެކު އެތައް ބަޔަކު ދިޔައީ ބުނަމުންނެވެ. އަދި އޭގެ ފަހުން އަޅުގަނޑާ ބައްދަލުވި މީހުންގެ ތެރެއިން އެތައް ބަޔަކު ވަނީ މިހަމަލާއާ ގުޅިގެން އެފަރާތްތަކަށް ލިބިފައިވާ …

އިތުރަށް ވިދާޅުވުމަށް

ސުޕްރީމް ކޯޓުން ފާސްކުރާ “ޤާނޫނުތައް”

ޤާނޫނު ހެދުމުގެ ބާރު ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. މިއީ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާގެ ސާފު ޢިބާރާތެވެ. ޤާނޫނުއަސާސީގައި ‘ޤާނޫނު’ މާނަކޮށްދީފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމުހޫރިއްޔާ ތަސްދީޤުކޮށްފައިވާ ޤާނޫނުތަކާއި، އެ ޤާނޫނުތަކުން ބާރުލިބިގެން އެ ޤާނޫނުތަކުގެ އިމުގެ ތެރޭގައި ހަދާ ގަވާއިދުތަކަށެވެ. ގަވާއިދެއް، ސަރކިއުލަރއެއް ނުވަތަ ޢާންމު ސިޓީއެއްގެ ސިފައިގައި ވިޔަސް ޤާނޫނެއްގައި ނުހިމެނޭކަމެއް އަލަށް އުފަން ކުރުވުމަކީ ޤާނޫނުއަސާސީއާ ޚިލާފްކަމެކެވެ. …

އިތުރަށް ވިދާޅުވުމަށް

ސުޕްރީމް ކޯޓުން މައުޟޫޢީގޮތުން މައްސަލަ ބެލުން

“ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގެ ކޯޓަކުން ބެލުމަކާ ނުލައި، ހައިކޯޓުގައި ބެލުމަކީ، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފްގެ ޙައްޤު ގެއްލިގެންދާނޭކަމަކަށްވާތީއާއި، ޖިނާއީ ކުށުގެ މައްސަލަތައް ތަޙްޤީޤްކޮށް ޝަރީޢަތްކުރަންވާނީ ޖިނާއީ އިޖުރާއަތާ ގުޅޭ ގޮތުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި، ޖިނާއީ އިޖުރާއަތާ ގުޅޭ ޤާނޫނާ ގަވާއިދުތަކާ ޚިލާފްނުވާނޭ ގޮތުގެ މަތީން ޖިނާއީ އިޖުރާއާތުގެ ތެރެއިން އަދި ކުށުގެ ދަޢުވާލިބޭ ހުރިހައި މުއްތަހަމުންގެ މައްޗަށް އެއްހަމައެއްގައި އަދި އެއް …

އިތުރަށް ވިދާޅުވުމަށް

ޢިނާޔަތްތަކުން ފަސާދައަށް ހިތްވަރު ދިނުން

މަޙްފޫޒް ސަޢީދު ދައުލަތެއް އޮމާންކަމާއެކު ހިނގަމުން ދާނީ އެދައުލަތް ހިންގުމާ ގުޅޭ އެކިއެކި ޒިންމާ މަތިކުރެވިފައިތިބި ފަރާތްތަކުން އެ ޒިންމާތައް އިޚްލާސްތެރިކަމާއެކު އަދާކޮށްގެންނެވެ. އެހެންކަމުން، އެ ޒިންމާތައް މަތިކުރެވިފައިވާ ފަރާތްތަކަށް ޚިދުމަތުގެ މުސާރަ ދިނުމުގެ އިތުރުން، މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދިރިއުޅުމުގެ ކަންކަން ހަމަޖައްސާލުމަށާއި، މަގުން ކަސިޔާރުވެ ނުދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން އެކަށީގެންވާ ޢިނާޔަތްތަކެއް ލިބިދެވެން ޖެހެއެވެ. ބޮޑެތި ޒިންމާތައް ޙަވާލުކުރެވިފައިވާ ފަރާތްތަކަށް އެކަށީގެންވާ މުސާރައާ ރަނގަޅު ޢިނާޔަތް …

އިތުރަށް ވިދާޅުވުމަށް

ކާނަލް ނާޒިމްގެ މައްޗަށް ކުރެވުނު ޙުކުމާ ގުޅޭ

ކާނަލް ނާޒިމްގެ މައްޗަށް ކުރެވުނު ޙުކުމާ ގުޅިގެން އެންމެ ބޮޑަށް ދެކެވެމުންދާ ވާހަކައަކީ، “ނާޒިމްގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމަކީ ނާޒިމްގެ ޒިންމާއެއް” ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވާ ކަމަށްބުނެ ފެތުރިފައިވާ ވާހަކައެވެ. ކްރިމިނަލް ކޯޓުގެ ނިންމެވުން ބިނާކުރެވުނީ އެ އަސާސްގެ މައްޗަށް އެކަނި ކަމަށް ބުނުމަކީ ފުރިހަމަ ޙަޤީޤަތެއް ނޫނެވެ. ރަނގަޅެވެ. ޖިނާއީ މައްސަލަތަކުގައި ދަޢުވާ ސާބިތުކުރުމަކީ، ދައުލަތުގެ ޒިންމާއެކެވެ. އަދި އިސްލާމީ ޝަރީޢަތުގައިވެސް ކުށުގެ ޒިންމާ އުފުލުމާ ގުޅޭ …

އިތުރަށް ވިދާޅުވުމަށް

ޕްރޮސެކިއުޝަންއާ އެއްކޮޅަށް ނިމޭ މައްސަލަތައް ޕްރޮސެކިއުޝަންގެ އިސްނެގުމުގައި އިސްތިއުނާފްކުރުން

ކޯޓުތަކުންކުރާ ޙުކުމްތަކާއި، ކޯޓު އަމުރުތައް އިސްތިއުނާފްކުރުމުގެ ޙައްޤުގެ ދަށުން، ޢާންމު އުޞޫލެއްގެ ގޮތުން މައްސަލައެއް އިސްތިއުނާފްކުރާނީ އެ ޙުކުމަކާ މެދު ހިތްހަމަނުޖެހޭފަރާތުންނެވެ. އެއީ ޖިނާއީ ދަޢުވާއެއްގައި ދަޢުވާލިބޭފަރާތް ކުށްވެރިވާކަމަށް ނިންމަވައިފިނަމަ، ދަޢުވާލިބޭފަރާތުންނެވެ. އަދި ކުށް ސާބިތުނުވާކަމަށް ކަނޑައެޅިއްޖެނަމަ ޕްރޮސިކިއުޝަންއިންނެވެ. މިލިޔުމުގައި އަލިއަޅުވާލަން މިއުޅެނީ ދައުލަތާ އެއްކޮޅަށް މައްސަލަ ނިމުމުން ދައުލަތުން އެމައްސަލައެއް އިސްތިއުނާފްކުރުމުގެ މައްޗަށެވެ. 7 އޮކްޓޯބަރު 2011 ތާރީޚުގައި، ވ.ފެލިދޫ ޖަނބުރޯލުމާގެ، އިބްރާހީމް ޝިފާޙް ރާއްޖެ އައިއިރު، އޭނާގެ …

އިތުރަށް ވިދާޅުވުމަށް

ޢަދުލު އިންސާފު ޤާއިމުކުރުމަށް ޤާނޫނުއަސާސީ ދޭ ބާރަކީ، ރާނީ، ޖޭމްސް ބޮންޑަށް ދިންފަދަ ލައިސެންސެއް ނޫނެވެ.

ދިވެހިރާއްޖޭގައި ޢަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމްކޯޓެވެ. ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި މި ޢިބާރާތް އޮތުމުން މިކަމާ ދެބަސްވުމުގެ ޖާގައެއް ނެތެވެ. އެހެންނަމަވެސް، ޤާނޫނުއަސާސީގައި ޢަދުލުއިންސާފު ޤާއިމުކުރުމާ ކޯޓުތަކާ ގުޅޭ ގޮތުން އޮތީ އެމާއްދާ އެކަންޏެއް ނޫނެވެ. ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރަކަސް، ވެރިކަން ހިންގުމުގެ ބާރަކަސް އަދި ޤާނޫނު ހެދުމުގެ ބާރަކަސް، ޤާނޫނުއަސާސީގެ އިންތައް ފަހަނައަޅައި ދެވިދާނޭފަދަ ޤާނޫނީ އުޞޫލެއް ޤާނޫނުއަސާސީއިން ދައްކާފައެއް ނުވެއެވެ. ޢަދުލުއިންސާފު …

އިތުރަށް ވިދާޅުވުމަށް

ޙުކުމުގެ ރައީސް މުޙައްމަދު ނަޝީދު ކުރިމިނަލްކޯޓުގައި ދެއްކެވި ވާހަކަފުޅު

ތިރީގައި މިވަނީ 13 މާރޗް 2015 ތާރީޚްގެ 23:13 މިނަޓްގައި، ރައީސް މުޙައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރެއްވި ޙުކުމްގެ ކުރިން އެމަނިކުފާނު އެ ކޯޓުގައި ދެއްކެވި ވާހަކަފުޅެވެ. މި ވާހަކަފުޅުގެ ތެރޭގައި ތަކުރާރުކޮށް ފަނޑިޔާރުން އެމަނިކުފާނު ހުއްޓުވި ނަމަވެސް، ޝަރީޢަތުގައި މިވާހަކަތައް ވަނީ ދައްކަވާފައެވެ. މިއީ މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ތައްޔާރުކުރެވިފައިވާ ބަޔާނަކަށް ނުވާތީ އެންމެ ބޮޑަށް އެދިވަޑައިގަތީ ވަކީލެއްގެ ފުރުޞަތު ލިބޭނޭ …

އިތުރަށް ވިދާޅުވުމަށް

ކުރެވިފައިވާ ދަޢުވާއަކަށް ބަދަލު ގެނައުން

ޢާންމު އުޞޫލެއްގެ ގޮތުން، ކުށާ ގުޅޭ މައްސަލަތަކުގެ ތަޙްޤީޤްގެ ހޯދުންތަކަށް ބަލައި، އުފުލާނޭ ދަޢުވާއެއް ކަނޑައަޅައި، ނުވަތަ އުފުލިފައިވާ ދަޢުވާއެއް މުރާޖައާ ކުރުމަކީ ހަމައެކަނި ޕްރޮސެކިއުޓަރ ޖެނެރަލްގެ ބާރެކެވެ. ކުށެއްކުރި މީހަކާމެދު ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖަޢާކޮށް އެ ނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދަޢުވާއެއް އަނބުރާ ގެންދިއުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ ބާރެއްކަން ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (އ) އަށް ބެލުމުން އެނގެއެވެ. …

އިތުރަށް ވިދާޅުވުމަށް